ޚަބަރު

ރިޔާސީ އިންތިޚަާބު 2023: ޒަމީލަށް 100 ވޯޓު އަދި ހަމަ ނުވޭ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ިމި އަހަރުގެ ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާއިން، އެންމެ ފަހަތުގައި އުޅުއްވަނީ، ކެންޑިޑޭޓް ނަމްބަރު 2، ޙަސަން ޒަމީލެވެ.

Ads by Sosun Fihaara

މި ސަރުކާރުގެ ޑިފެންސް މިނިސްޓްރީގެ ނައިބެއްގެ ގޮތުގައި ހުންނެވި ޒަމީލަށް، ވަގުތީ ނަތީޖާއިން ލިބިވަޑައިގަތީ، 88 ‏ވޯޓެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން، އެންމެ ކުރީގައި އުޅުއްވަނީ، ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒުއެވެ. އެމަނިކުފާނަށް 33،298 ވޯޓު ވަނީ ލިބިވަޑައިގެންފައެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގަތީ، 28،577 ވޯޓެވެ.

އުމަރު ނަސީރަށް 1،335 ވޯޓު ލިބިލެއްވިއިރު، ޤާސިމަށް 2،144 ވޯޓު ލިބިފައިވެއެވެ. ފާރިސްއަށް 679 ވޯޓު ލިބިލެއްވިއިރު، އިލްޔާސް ލަބީބަށް، 4858 ވޯޓު ވަނީ ލިބިވަޑައިގެންފައެވެ. އަދި ނާޒިމަށް 658 ވޯޓު ވަނީ ލިބިވަޑައިގެންފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!