ނާޒިމަށް 0.86 ޕަސެންޓް!

މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާއަށް ބަލާއިރު، އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް، މުހައްމަދު ނާޒިމްއަށް ލިބިވަޑައިގަތީ، 0.86 އިންސައްތަ ވޯޓެވެ.
އެންމެ ގިނަ ވޯޓު ލިބިވަޑައިގެން، ކުރީގައި އުޅުއްވަނީ، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒުއެވެ.
އެމަނިކުފާނަށް ލިބިވަޑައިގެންފައި ވަނީ، 74،135 ވޯޓެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް 62،582 ވޯޓު ލިބިވަޑައިގެންނެވިއިރު، އިލްޔާސް ލަބީބަށް 11،243 ވޯޓު ލިބިލެއްވިއެވެ.
އުމަރު ނަސީރަށް 4626 ވޯޓު ލިބިލެއްވިއިރު، ފާރިސް މައުމޫނަށް ލިބިވަޑައިގަތީ 1،974 ވޯޓެވެ. އަދި ހަސަން ޒަމީލަށް ލިބިވަޑައިގަތީ، 234 ވޯޓެވެ.
ރައްޔިތުން ވަރަށްބަލައި ގަނެފި ބާގީމީހާ…ލޮލް