ޚަބަރު

ފޮނަދޫން ސުޕަ މެޖޯރިޓީ ދިނީ ޑރ. މުޢިއްޒަށް, 66 އިންސައްތަ!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
Fonadhoo ފޮނަދޫ ލާމު laamu
ލ.ފޮނަދޫ މަތިން ނަގާފައިވާ ފޮޓޯއެއް.

ލ. ފޮނަދޫން ސުޕަ މެޖޯރިޓީ ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒަށް ދީފިއެވެ..

Ads by Hajj Corporation

ޕީއެންސީގެ ރައީސް, އަބްދުލްރަހީމް އަބްދުاللهގެ އުފަން ރަށުން ފޮނަދޫން ޑރ. މުޢިއްޒަށް ވަނީ 927 ވޯޓް ލިބިފައެވެ. އެއީ ވޯޓްލީ މީހުންގެ 66.45 އިންސައްތައެވެ. މި އިންތިޚާބުގައި އެންމެ ގާތުން ވާދަކުރި އެމްޑީޕީގެ ކެނޑިޑޭޓް ރައީސް ޞާލިޙަށް ލިބިފައިވަނީ 337 ވޯޓެވެ. އެއީ 24.16 އިންސައްތައެވެ.

2018ވަނަ އަހަރުގެ އިންތިޚާބަށް ބަލާއިރު, ޕީޕީއެމްއިން އޭރުވާދަ ކުރި ރައީސް ޔާމީނަށް ލިބިވަޑައިގަރީ 52.9 އިންސައްތައެވެ. އެއީ 835 މީހުންގެ ވޯޓެވެ.

މިފަަހަރުގެ ނަތީޖާއަށް ބަލާއިރު ލ. ފޮނަދޫގައި ބެހެއްޓި ތިން ފޮށިން ވެސް ކުރީގައި އުޅެނީ ޑރ. މުޢިއްޒެވެ.

ފޮށިތަކުގެ ނަތީޖާ ބައްލަވާ

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!