ކަނޑުން ބައެއް ދީފި ކަމަށް ސިޓީގައި އޮންނާނެއެކޭ ނުބުނަން, ބުނީ އެކަން ހިނގީ ސިޓީގެ ސަބަބުން ކަމަށް: ޑރ. މުނައްވަރު
ރާއްޖެއިން މޮރިޝަސްއަށް ފޮނުވި ސިޓީގައި ކަނޑުން ބައެއް ދީފި ކަމަށް ސިޓީގައި އޮންނާނެއެކޭ ވިދާޅުނުވާ ކަމަށް, ކުރީގެ ބަންޑާރަ ނައިބު ޑރ. މުޙައްމަދު މުނައްވަރު ވިދާޅުވެއްޖެއެެވެ.
ރައީސް ޞާލިޙް, މޮރިޝަސްގެ ބޮޑު ވަޒީރަށް ފޮނުވި ސިޓީފުޅު މިއަދު ވަނީ ލީކްވެފައެވެ. އެ ސިޓީގެ ސައްޙަން, ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މިއުވާން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
މި ސިޓީއާ ގުޅޭ ގޮތުން "ދެން"އާ ވާހަަކަފުޅު ދައްކަވަމުން ޑރ. މުނައްވަރު ވިދާޅުވީ, އެ ސިޓީގައި ކަނޑުން ބައެއް ދޭނެ ކަމަށް އޮތް ކަމަށް ވިދާޅުވެފައިނުވާ ކަމަށާއި, ނަމަވެސް ވިދާޅުވަމުން ގެންދެވ ރާއްޖެއަށް ކަނޑުން ބައެއް ގެއްލުނީ ސިޓީގެ ސަބަބުން ކަމަށެވެ.
"ކަނޑާ ބެހޭ މައްސަލައިގައި އަޅުގަނޑެއް ނުބުނަމޭ އެ ސިޓީގައި އޮތޭ ކަނޑުގެ ބައެއް ދީފީމެކޭ. އެހެނެއް ނޯންނާނެ އެއްނު, އެހެންނަމަކު ބައިނަލްއަޤްވާމީ ޓްރައިބިއުނަލްއަކުން އެ ނިންމާކަށް ނުޖެހޭނެ އެއްނު." ޑރ. މުނައްވަރު ވިދާޅުވިއެވެ.
"އެ ސިޓީ ރަސްމީކޮށް މޮރިޝަސްއިން ހުށަހަޅައިގެން މިއުޅެނީ ސަބަބަކާ ހުރެއެއްނު."
ޑރ. މުނައްވަރު އިތުރަށް ވިދާޅުވީ, އެ ސިޓީގައި ޗާގޯސްއަށް ވަޑައިގަންނަން ބޭނުންފުޅުނަމަ ރާއްޖެއަށް ވަޑައިގެން އެކަން ކުރެވޭނެ ކަމަށް ސިޓީގައި އޮތުމަކީ "ކުޑަކުދިން ލިޔާ ކަހަަލަ ވާހަކަ" ކަމަށެވެ.
"އިނގިރޭސި ސަރުކާރުން އެކަމާ ދޭތެގައި ވިދާޅުވާނީ ކީކޭތޯ. އިނގިރޭސި ވިލާތުގެ ދަށުގައި އޮތް ތަނަކަށް ވަގަށް މީހަކުދާން, ލައިދީފާނެ, އެއީ އިންޑިއާ މީހުން ބުންޏަސް ލިޔަން ހެޔޮވާ ވަރުގެ ވާހަކަ ތޯ" ޑރ. މުނައްވަރު ވިދާޅުވިއެވެ.
ރައީސް ޞާލިޙަށް ފާޑު ވިދާޅުވަމުން ޑރ. މުނައްވަރު ވިދާޅުވީ, އެ ސިޓީއަކީ ޤައުމެއްގެ ވެރިޔަަކަށް ފޮނުވާ ވަރަށްވުރެ ދަށްކޮށް ލިޔެފައިވާ ސިޓީއެއް ކަމަށާއި, ދައްކާ އެއްޗެއްގައި ސޮއި ކުރަން ފެށުމުން އެފަދަ ސިޓީތައް ފޮނުވޭ ކަަމަށެވެ.
ދޮގު ހަދަމުންގޮސް ސިޓީ ފެންނަ ހިސާބުން އަނެއްކާ އަނެއްދޮގު.
އިންތިޚާބުގައިވާދަކުރަންބުނެފައިމިހާރހާއްޔައްވަދެފިލީތަ
އަޅެ ކިޔޭނުކިޔޭ ނޭނގޭ ހިސާބަށް މަނިއްޕުޅުވެސް ވަޑައިގަތީތޯ