ޕީޕީއެމް/ޕީއެންސީއާ އެކު ކުރިއަށް ދާން އެމްއެންޕީން ނިންމައިފި

މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީއާ އެކު ކުރިއަށް ދާން ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އެމްއެންޕީން މިރޭ ނިންމައިފިއެވެ.
މިގޮތަށް ފާސްވީ އެޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ނެގި ވޯޓުގައި 37 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިރޭގެ ކައުންސިލްގައި ބައިވެރިވި މެމްބަރުންގެ ތެރެއިން އެއްވެސް މެމްބަރަކު އެމްޑީޕީއާއިއެކު ކުރިއަށް ދިއުމަށް ތާއީދެއް ނުކުރެއެވެ.
މިއީ އިންތިޚާބުގެ ދެވަނަ ބުރުގައި ވަކި ކެންޑިޑޭޓަކަށް ތާއީދުކޮށް ޕާޓީއަކުން ނިންމި ފުރަތަމަ ނިންމުމެވެ.







ކޮމެންޓް