Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ރީ-ރަޖިސްޓްރޭޝަންގެ ބޭނުންކޮށްގެން އިންތިޚާބު އޮޅުވައިލަން ފުރުސަތު ދިގެން ނުވާނެ: މުޢިއްޒު

ރީ-ރަޖިސްޓްރޭޝަންގެ ބޭނުންކޮށްގެން އިންތިޚާބު އޮޅުވައިލަން ފުރުސަތު ދިގެން ނުވާނެ: މުޢިއްޒު

ީރީ-ރަޖިސްޓްރޭޝަންގެ ބޭނުންކޮށްގެން، މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވައިލަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިގޮތަށް ވިދާޅުވީ، ށ.ބިލެއްފަހީގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ.

މުއިއްޒު ވިދާޅުވީ ސަރުކާރުން ރީ ރަޖިސްޓްރޭޝަންގެ ބޭނުންކޮށްގެން އިންތިހާބު އޮޅުވާލަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި ގިނަ ބަޔަކަށް ވޯޓުލާތަން ނޭނގި 30،000 ފޯމު ރީ-ރަޖިސްޓްރޭޝަނަށް ސަރުކާރުން ވައްދައިގެން އުޅޭ ކަމަށް ވެސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެކަމުގެ ބޭނުމަކީ އިންތިޚާބު އޮޅުވައިލުމެވެ. އަދި އެ ފުރުސަތު ނުދިނުމަށް ވެސް ގޮވައިލެއްވިއެވެ.

Advertisement
Ooredoo — Truecaller (box)
މުއިއްޒު ވިދާޅުވީ ވޯޓުތާލަން ކޮންމެ މީހަކު ވެސް ކޮންމެ ދުވަހަކު ދެ ތިން ފަހަރު ޗެކް ކުރުން މުހިއްމު ކަމަށެވެ. އަދި މި ސަރުކާރުން ޖަހަން އުޅޭ ސަކަރާތަށް ފުރުސަތު ދީގެން ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފައިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ރީރަޖިސްޓްރީވުމަށް މިހާތަނަށް ޖުމްލަ 25،493 މީހުން ހުށަހަޅާފައިވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް