މޫސުން ގޯސް، މެދުރާއްޖެތެރެއަށް ހުދު ސަމާލު

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މެދުރާއްޖެތެރޭގެ ރަށްތަކަށް ހުދު ސަމާލު ނެރެފިއެވެ.
ހުދު ސަމާލު ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށެވެ. ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 8:15 އިން ފެށިގެން 13:00 ގެ ނިޔަލަށެވެ.
މެޓް އޮފީހުން ބުނީ މި ގަޑިތަކުގައި މެދުރާއްޖެތެރޭގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ކުރިއަށް އޮތް 24 ގަޑީރަށް ބަލާއިރު ވެސް، ރާއްޖޭގެ އެކި ހިސާބަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.