ސިވިލް ކޯޓުގެ އިސް ފަނޑިޔާރު ނިމާލް އަވަހާރަވެއްޖެ

ސިވިލް ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމުގައި ހުންނެވި ގއ. މާމެންދޫ, ފެހިގެ, އަހްމަދު ނިމާލް ކުއްލި ގޮތަކަށް ރޭ އަވަހާރަވެއްޖެއެވެ.
ނިމާލް އަވަހާރަވީ، އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ މެޔަށް ތަދެއް އަރައި، ހޮޑު ލެވުމުމާ ގުޅިގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔައީ ރޭ 12:00 ހާއިރުއެވެ.
ނިމާލް އަވަހާރަވިއިރު، އަންބަކާއި ކުޑަ ދަރިފުޅެއް އެބަ ހުއްޓެވެ.
ނިމާލުގެ ޖަނާޒާ އޮންނާނީ މިއަދު މެންދުރު ނަމާދަށް ފަހުއެވެ.