Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އަޅުގަނޑުމެން ވެރިކަން ކުރާނީ، ރައްޔިތުންގެ އަޑު އަހައިގެން: މުއިއްޒު

އަޅުގަނޑުމެން ވެރިކަން ކުރާނީ، ރައްޔިތުންގެ އަޑު އަހައިގެން: މުއިއްޒު

ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ވެރިކަން ކުރާނީ، ރައްޔިތުންގެ އަޑު އަހައިގެން ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރ.އަނގޮޅިތީމުގައި ވާހަކަ ދައްކަވަމުންނެވެ.

ގިނަ ރަށްރަށުގައި ވަރަށް ގިނަ ކަންކަން ފެށި، ނުނިމި ހުރިކަން ފާހަގަކުރައްވައި، މުއިއްޒު ވިދާޅުވީ، އަނގޮޅިތީމުގެ ފެނާއި ނަރުދަމާގެ ނިޒާމު ފެށި، ވަނީ ނުނިމި ކަމަށެވެ.

Advertisement
HDC — Sidebar (box)

"މިގޮތަށް މިހެން ވަނީ ސަރުކާރުން ރައްޔިތުންނާ އަޅައިލުން ކުޑަކުރުމުން. ރައްޔިތުންގެ އަޑު ނާހާތީ. އަޅުގަނޑުމެން ވެރިކަން ކުރާނީ މިއާ ޚިލާފަށް. އަބަދުވެސް ރައްޔިތުންގެ އަޑު އަހައިގެން. ކައުންސިލްތައް ބާރުވެރިކޮށްގެން."

އަނގޮޅިތީމަށް މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅުތަކުގެ ތެރޭގައި، އެ ރަށުގެ ސްކޫލްގައި ޖާގަ އިތުރު ކޮށްދިނުމާއި، ހޮސްޕިޓަލާއި ބަނދަރުގެ ޖާގަ ވެސް އިތުރު ކޮށްދިނުން ހިމެނެއެވެ. މުއިއްޒު އިތުރަށް ވިދާޅުވީ، އެ ރަށުގެ މަގު ހެދުމުގެ މަޝްރޫއު ވެސް ކުރިއަށް ގެންދަވާނެ ކަމަށެވެ.

 

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް