ޚަބަރު

މުޢިއްޒުގެ ވެރިކަމެއްގައި، ކުޅުދުއްފުށީގައި ދެހާސް ހައުސިން ޔުނިޓްގެ މަޝްރޫޢުއެއް!

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ހދ.ކުޅުދުއްފުށި ސިޓީގައި 2،000 ހައުސިން ޔުނިޓްގެ މަޝްރޫޢުއެއް ހިންގެވުމަށް، ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފިއެވެ.

Ads by Sosun Fihaara

ރޭ އެ ސިޓީގައި ވާހަކަ ދައްކަވަމުން މުޢިއްޒު ވިދާޅުވީ، ރާއްޖެއަށް އެންމެ މުހިންމު މައްސަލައަކީ ގެދޮރުވެރިކަމުގެ މައްސަލަ ކަމަށެވެ.

"އަޅުގަނޑުމެން އެންމެ ބޮޑު އިސްކަމެއް ދޭނީ ގެދޮރުވެރިކަމުގެ މައްސަލައަށް ޙައްލެއް ހޯދައިދިނުމަށް. މުޖްތަމަޢުގައި ހުރި ހުރިހާ އިޖްތިމާޢީ މައްސަލަތަކެއް ޙައްލުވާނީ ގެދޮރުގެ މައްސަލަ ޙައްލުވެގެން. މި ސިޓީގައި 2000 (ދެ ހާސް) ހައުސިންގ ޔުނިޓްގެ މަޝްރޫއެއް ކުރިއަށް ގެންދާނަން." އެމަނިކުފާނު ވިދާޅުވިއެވެ.

ހައުސިންގް ޔުނިޓްތަކަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ލިބި ސިޓީއަށް އެކަމުން ފައިދާވެގެންދާނެ ކަމަށް ވެސް މުޢިއްޒު ވިދާޅުވިއެވެ. އަދި ގޯތީގައި ގެދޮރު ބިނާކުރުމަށް ތަޢާރަފްކުރާ އެކިއެކި ލޯނުތަކުން ވެސް ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަށް ފައިދާކުރާނެ ކަމަށެވެ.

"އޭގެ ތެރޭގައި ހޯމް ސްޓާޓާރ ލޯނާއި، ގެދޮރު އިމާރާތްކުރަން ފަށާ ހުއްޓިފައިވާ ފަރާތްތަކަށް ދޫކުރާ ލޯނާއި، ރިނޮވޭޝަން ލޯން ސްކީމް ވެސް ހިމެނޭ." މާލޭގެ މޭޔަރުކަން ވެސް ކުރައްވާ މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒު ވިދާޅުވި ގޮތުގައި، މި ލޯނުތައް ދޫކުރާނީ ޤާނޫނުތައް ހަދައިގެންނާއި، ހުރި ޤާނޫނުތައް އިސްލާޙުކޮށްގެންނާއި ބޭންކް ނިޒާމަށް ގެންނަންޖެހޭ އިސްލާޙުތައް ގެނެސްގެން ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، މި ލޯނުތަކުން މުޅި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ފައިދާކުރާނެއެވެ.

ގެދޮރު ބިނާކުރުމަށް ހައުސިންގ މަޝްރޫޢުގެ އިތުރުން ކޮންމެ ގޯއްޗެއްގައި ގެދޮރު ބިނާކުރުމަށްޓަކައި ފަހި ފުރުޞަތުތަކެއް ހޯދައިދެއްވާނެކަން ފާހަގަކުރައްވައި، އެމަނިކުފާނު ވިދާޅުވީ ފަސް އަހަރުގެ ދައުރެއް ނިމޭއިރު ގޯތީގައި ގެ ނޭޅިފައި އެއްވެސް ރައްޔިތަކު ނުހުންނާނެ ކަމަށެވެ.

  1. ޜާަވެ

    ޢެހެންވެދޯ ކުރިން ބަޔަކު ހެދި ފޮލެޓް ތައް ވީރާނާ ކޮއްލީ. ކީކޭތޯކިޔަނީ ބޭފުޅާ. 5 ޢަހަރު ނިމުނީ އޭދަފުށީ ފްލެޓް ތިބޭފުޅާ އަޅަށް ބުނި ވެރިކަމުގަހުރެ ނުފެނޭ