ހެނދުނު 9 ޖެހުމާއި ހަމައަށް 36،000އަށްވުރެ ގިނަ މީހުން ވޯޓު ލައިފި
މިއަދު ހެނދުނު ނުވައެއް ޖެހުމާއި ހަމައަށް ނިޔަލަށް 36،312 މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަން ކޮމިޝަން(އީސީ) އިން ވިދާޅުވެއްޖެއެވެ.
އެ ކޮމިޝަނުން ވިދާޅުވި ގޮތުގައި، އެ ވަގުތާއި ހަމައަށް 12.84 އިންސައްތަ މީހުން ވަނީ ވޯޓުލައިފައެވެ.
އޭގެ ތެރޭގައި 8.20 އިންސައްތަ ފިރިހެނުންނާއި 4.64 އިންސައްތަ އަންހެނުން ހިމެނެއެވެ.
ިމި މަހުގެ ނުވަ ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ހައްގު 282,394 މީހުންނަށް ލިބުނުއިރު ދެވަނަ ބުރުގައި އަލަށް ވޯޓުލެވޭ 409 މީހުން ހިމެނެއެވެ.
މި ބުރުގައި ޖުމްލަ 282,804 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވެއެވެ.
Ads by Allied Insurance