Thursday, 5 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އީސީގެ އޮފިޝަލް ދުރުކުރުމަށްފަހު, ފޮނަދޫގެ ވޯޓުލުން ފަށަނީ

އީސީގެ އޮފިޝަލް މަޤާމުގެ މަސްއޫލިއްތުން ދުރުކުރުމަށްފަހު ލ.ފޮނަދޫގެ ތިން ނަންބަރު ވޯޓު ފޮށީގެ ވޯޓުލުން އަލުން ފަށަން ތައްޔާރުވަމުން އަންނަ ކަމަށް އީސީން ވިދާޅުވެއްޖެއެވެ.

"ދެން"އަށް މައުލޫމާތު ދެއްވަމުން އީސީގެ ނައިބު ރައީސް ހަބީބް ވިދާޅުވީ, މިހާރު ވޯޓްލުން މެދުކެނޑިފައި އޮތް ނަމަވެސް, ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ވޯޓްލުން ފެށިގެންދާނެ ކަމަށެވެ. އަދި މައްސަލަ ޖެހުނީ އެ ފޮށީގައި ހަރަކާތްތެރިވި އީސީގެ އޮފިޝަލަކާ ކަމަށާއި, އޭނާ މަޤާމުގެ މަސްއޫލިއްޔަތުން ދުރުކޮށްފައިވާ ކަމަށް ވެސް ހަބީބް ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ ވޯޓު ނުލާ ތިބި މީހުން ވޯޓު ލާނީ އިތުރު ފޮށްޓަކަށް ކަމަށާއި ކުރީގެ ވޯޓު ފޮށި ގުނާނީ ވަކިން ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

ފޮނަދޫގެ ކުރިގަމުގައި ހުންނަ ފޮށީގެ ވޯޓުލުން މެދު ކަނޑާލަން ޖެހުނީ, ވޯޓު ކަރުދާހުގައި ފާހަގައެއް ޖެހުމަށްފަހު ވޯޓް ކަރުދާސް ދިން މައްސަލައަކާ ގުޅިގެންނެވެ.

ފޮނަދޫގައި މުޒާހަރާ ކުރަމުންދާއިރު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް ދަނިކޮށް ވޯޓު ކަރުދާސް ދެއްކުމާއި ވޯޓު ކަރުދާހުގެ ފޮޓޯ ނެގި ކަމަށް ތުހުމަތުކުރެވޭ ހަތަރު މީހުން ފުލުހުން ބެލުމުގެ ދަށަށް މިހާރު ވަނީ ގެނެސްފައެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި ވޯޓު ކަރުދާހުގެ ފޮޓޯ ނެގިކަމަށް ތުހުމަތު ކުރެވުނީ ފުވައްމުލައް ސިޓީގައި ވޯޓުލާން ދިޔަ މީހަކަށެވެ. ވޯޓުލުމަށް ފަހު ވޯޓު ކަރުދާސް ދައްކައިގެން ހައްޔަރުކޮށްފައިވަނީ ގދ. ވާދޫގައި ވޯޓުލާން ދިޔަ މީހެކެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް