ޚަބަރު

މަސައްކަތް ކުރެއްވީ އަމާނާތްތެރިކަމާއެކު، ރައްޔިތުންގެ ޚިދުމަތުގައި އަބަދުވެސް ދެމި ހުންނާނަން: ފައިސަލް

ޙައްވާ އިނާޝާ ، ދެން އޮންލައިން

މަސައްކަތްޕުޅު ކުރެއްވީ އަމާނާތްތެރިކަމާއެކު ކަމަށާއި ރައްޔިތުންގެ ޚިދުމަތުގައި އަބަދުވެސް ދެމި ހުންނާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ފައިސަލް މިހެން ވިދާޅުވީ މިއަދު ކުރިއަށް މިދާ ރިޔާސީ އިންތިޚާބުގެ ވޯޓު ލެއްވުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުންނެވެ.

އެގޮތުން ފައިސަލް ވިދާޅުވީ ދެވަނަ ދައުރެއް ލިބުމަކީ ކޮންމެހެން ވާޖިބު ކަމެއްގެ ގޮތުގައި އެ މަނިކުފާނު ނުދެކޭ ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމަށް އަދިވެސް ޝައުގުވެރިވާ ކަމަށެވެ.

އެ މަނިކުފާނަށް ކުރެވިދާނެ ބައިވަރު އެހެން ކަންކަންވެސް އެބަހުރި ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ.

ފައިސަލް ވިދާޅުވީ ރައްޔިތުން ނިންމާ ގޮތް ބަލައިގަންނަން ޖެހޭނެ ކަމަށާއި، ހުރިހާ ރައްޔިތުން އެއް ކެންޑިޑޭޓަކަށް ވޯޓު ލާނެ ކަމަށް ބަލައިގެން ނުވާނެ ކަމަށެވެ.

ހަމަ އެހެންމެ އެއް ފަސް އަހަރަށް ވުރެ އަނެއް ފަސް އަހަރު ރަނގަޅު ވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި، ކޮންމެ ކެންޑިޑޭޓަކު ހޮވުނު ނަމަވެސް ޤައުމަށް ތަރައްޤީ ގެންނަން މަސައްކަތް ކުރައްވާނެ ކަމަށް ޔަޤީންކުރައްވާ ކަމަށް ފައިސަލް ވިދާޅުވިއެވެ.

މީގެ އިތުރުން ވޯޓު ލުމުގެ ހައްޤަކީ 18 އަހަރު ފުރިފައިވާ ކޮންމެ ރައްޔިތެއްގެ ވެސް ހައްޤެއް ކަމަށާއި އެ ހައްޤުގެ ބޭނުން ހިފުމަށްވެސް ނައިބް ރައީސް ފައިސަލް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!