އެންމެ އަވަހަށް ވެސް އުފާ ފާޅު ކުރެވޭނީ، މާދަން ހެނދުނު: ފުއާދު

ރިޔާސީ އިންތިޚާބުގެ ނަތީޖާއާއި ގުޅިގެން، އެންމެ އަވަހަށް ވެސް އުފާ ފާޅު ކުރެވޭނީ، މާދަމާ ހެނދުނު 6:00 އިން ފެށިގެން ކަމަށް އިލެކްޝަންސް ކޮމިޝަން(އީސީ)ގެ ރައީސް ފުއާދު ތައުފީޤު ވިދާޅުވެއްޖެއެވެ.
ފުއާދު ކުރެއްވި ޓްވީޓެއްގައި މިކަން ހާމަކުރައްވައިފައިވަނީ، މީހަކު ކުރި ސުވާލަކަށް ދެއްވި ޖަވާބުގައެވެ. https://twitter.com/FuwadThowfeek/status/1708107169802182930?t=gBljDNmC4hn0v5yMLFEBbg&s=19 ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، އިންތިޚާބު ކާމިޔާބު ކުރައްވައިފައިވަނީ، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ ރަނިންމޭޓް ޙުސެއިން މުޙައްމަދު ލަތީފެވެ. މިއަދު އޮތް އިންތިހާބުގެ ނަތީޖާ މިހާރު ލިބެމުންދާއިރު 70 ޕަސެންޓް ވޯޓް ފޮށީގެ ނަތީޖާ މިހާރު ވަނީ ކަށަވަރުވެފައެވެ. މިހާތަނަށް ދެ ލައްކައާ ގާތް ކުރާ އަދަދެއްގެ ވޯޓް ވަނީ ގުނާފައެވެ. ބޮޑުތަނުން ކުރީގައި އުޅުއްވަނީ މުއިއްޒެވެ. ދެ ކެންޑިޑޭޓުންގެ މެދުގައި 13،000 ވޯޓަށް ވުރެ ބޮޑު ފަރަގެއް ވެއެވެ.





ކޮމެންޓް