މުޢިއްޒުއަށް އެންމެ ބޮޑު ސަޕޯޓެއް ދިނީ ތ. ގުރައިދޫ އިން!

މިދިޔަ ހޯމަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ވާދަ ކުރެއްވި ޑރ. މުޙައްމަދު މުޢިއްޒަށް އެންމެ ބޮޑު އިންސައްތައެއް ދިނީ ތ. ގުރައިދޫ އިންނެވެ.
އިންތިޚާބުގެ ނަތީޖާއަށް ބަލާއިރު, ތ. ގުރައިދޫން ޑރ. މުޢިއްޒަށް 74.05 އިންސައްތަ ލިބިވަޑައިގަތެވެ. އެއީ 625 ވޯޓެވެ. އެރަށުން އެމްޑީޕީގެ ކެނޑިޑޭޓް ރައީސް ޞާލިޙަށް ލިބިވަޑައިގަތީ 25.95 އިންސައްތައެވެ. އެއީ 219 ވޯޓެވެ. އެރަށުގައި ބަހައްޓާފައިވާ ދެ ފޮއްޓަށް ވޯޓު ލުމަށް ރެޖިސްޓްރީކޮށްފައިވަނީ 931 މީހުންނެވެ. އޭގެ ތެރެއިން ވޯޓް ލާފައިވަނީ 851 މީހުންނެވެ.
ރިޔާސީ އިންތިޚާބުގެ ނަތީޖާ ލިބުމަށްފަހު އެންމެ ފުރަތަމަ ވަޑައިގަންނަވާނީ އެންމެ ބޮޑު ތާއީދު އޮތް ރަށަކަށް ކަމަށް ޕީއެންސީގެ ލީޑަރޝިޕުން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ދެވަނައަށް އެންމެ ބޮޑު ތާއީދެއް ޑރ. މުޢިއްޒަށް ދެއްވީ ގދ މަޑަވެލިންނެވެ.

ތިންވަނައަށް އެންމެ ބޮޑު ތާއީދެއް ޑރ. މުޢިއްޒަށް ދެއްވީ ދ. ހުޅުދޫންނެވެ.

ހަތަރު ވަނައަށް އެންމެ ބޮޑު ތާއީދެއް ޑރ. މުޢިއްޒަށް ދެއްވީ ރ. މީދޫންނެވެ.

ފަސްވަނައަށް އެންމެ ބޮޑު ތާއީދެއް ޑރ. މުޢިއްޒަށް ދެއްވީ ށ. ފުނަދޫންނެވެ.

ރ.މީދޫ އަކީ ވަރަށްގިނަ ރިޒޯޓް ތަކުގެ މުވައްޒަފުން ވޯޓް އެޅި ރަށެއް. 200 އަށްވުރެ ގިނަ މުވައްޒަފުން ވޯޓް އެޅި. ޢެހެން ނޫންނަމަ %75 އަށް ވުރެ މަތިވީސް ކަން ޔަޤީން
3 ވަނައަށް އެންމެބޮޑު ތާއީދެއް ލިބުނު ރަށުގެ ނަމަކީ ދ.ހުޅުދޫ އެއް ނޫން. އެއީ، ދ.ހުޅުދެލި. ދ.އަތޮޅުގައި ހުޅުދޫ ކިޔާ މީހުން ދިރިއުޅޭ ރަށެއް ނޯންނާނެ.