އަލީ ނަޒީރު ވިދާޅުވީ ފިތުނަ އުފެދޭ ވާހަކަތައް ނުފެތުރުމަށާއި އައު ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދޭނެކަމަށް

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޒައާމަތަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށާއި އައްޑޫ ސިޓީ ކައުންސިލާއި ގުޅުވައި ފިތުނަވެރި ދޮގު ވާހަކަތައް ފަތުރަން މަސައްކަތް ނުކުރުމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
އަލީ ނިޒާރު މިހެން ވިދާޅުވެ އެބޭފުޅާގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ ކައުންސިލްތަކުގެ ޒިންމާއަކީ ސަރުކާރާއި ގުޅިގެން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުންކަމަށާއި އައްޑޫ ސިޓީ ކައުންސިލް އިން ޑރ. މުޙައްމަދު މުޢިއްޒުގެ ޒައާމަތަށް ފުރިހަމަ އެއްބާރުލުން ދީގެން ސަރުކާރާއި ގުޅިގެން އައްޑޫގެ ތަރައްޤީއަށް މަސައްކަތްކުރާނެ ކަމަށެވެ. އަދި އެ ޔަޤީންކަން ވާނީ އިންތިޚާބީ ރައީސްއަށް އަރުވާފައިކަމަށްވެސް އަލީ ނިޒާރު ވިދާޅުވިއެވެ.
"ރައްޔިތުންނަށް އޮޅޭގޮތަށް ކައުންސިލްއާއި ގުޅުވައި ފިތުނަވެރި ދޮގު ވާގަކަތައް ފަތުރަން މަސައްކަތް ނުކުރުން އެދެން" އަލީ ނިޒާރު ވިދާޅުވިއެވެ.
އަނީ ނިޒާރު އަކީ އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅަކަށްވާއިރު، އެމްޑީޕީއަށް އެންމެ ބޮޑު ތާއީދެއް ނިމިދިޔަ ރިޔާސީ އިންތިޚާބުން ލިބިފައިވަނީ އައްޑޫ ސިޓީންނެވެ.