ޚަބަރު ރައްޔިތުންގެ މަޖިލިސް

ޖަބީރު ގޮވާލެއްވީ މަޖިލީހުގެ މެންބަރުންގެ އަދަދު 300އަށް އިތުރުކުރަން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިހާރު ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި މެންބަރުންގެ އަދަދު މަދު ކަމަށާއި, ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 300އަށް އިތުރު ކުރަން ޖެހޭ ކަމަށް, ކާށިދޫ ދާއިރާގެ މެންބަރު އަބްދުالله ޖާބިރު ވިދާޅުވެއްޖެއެވެ.

Ads by MWSC

ޖާބިރު މިހެން ވިދާޅުވީ, ރައްޔިތުންގެ މަޖިލީސް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ހުށަހެޅި އިސްލާހަށް މިއަދު ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރުމަށް ހުޅުވާލި ފުރުސަތުގައެވެ.

"މިހާރު މުއިއްޒު އަތުގައި އޮތީ ދެތިން ހަތަރު ޕާލިމެންޓޭރިއަނުން. މަޖިލީހުގެ އެތައް ބައިވަރު މީހުން ގަންނަން އެބަ ޖެހޭ މިތާ ކަމެއް ކުރަން ވެއްޖިއްޔާމު. 300 މީހުން ގަންނަން ވެއްޖިއްޔާ އުދަނގޫވާނެތާ" މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރު ކުރަން ޚިޔާލު ކުރައްވާ ސަބަބު ވިދާޅުވެ ދެއްވަމުން ޖާބިރު ވިދާޅުވިއެވެ.

ޖާބިރު އިތުރަށް ވިދާޅުވީ, ރައްޔިތުންގެ މަޖިލިސް އަޅާނެތަން މާލޭގައި ނެތްނަމަ, މަޖިލިސް އިދާރާ ކާށިދުއަށް ބަދަލުކުރެވިދާނެ ކަމަށެވެ.

"މަޖިލިސް އަޅާނެ ތަނެއް ނެތިއްޖާ ކާށިދޫ އެއްކޮށް އެއޮތީ. މީހުން އެތާ އުޅެފަ, ކާރު ބާއްވައިގެން, މަޖިލިސްގެ އަޅައިގެން, އެތަނުގައި 300 މީހުން އަނބިދަރިންނާއެކު އުޅެވޭނެ ޖާގަ ކާށިދޫގައި އެކަނި ވެސް އެބައޮތޭ, އަދި ކޮބައިތޯ ގާފަރުފަޅު." ޖާބިރު ވިދާޅުވިއެވެ.

އޭގެ އިތުރުން ޖާބިރު ވިދާޅުވީ, އަންހެނުންނަށް 15 އަހަރު ވަންދެން މަޖިލީހުގެ 33 އިންސައްތަ ދޭން ބުއްދިވެރި ކަމަށެވެ. އޭރުން މަޖިލީހަށް އަންހެން "ވެރިން" އަންނާނެ ކަމަށާއި ރާއްޖޭގެ ސިޔާސީ މަޝްރަޙްގައި އަންހެނުން ބާރުވެރި ކުރެވޭނެ އެފަދަ ގޮތަކަށް ކަމަށް ވިދާޅުވިއެވެ. އަދި 50 އަހަރު ވަންދެން, ނުކުޅެދޭ މީހުންނަށް ރިޒާވްކޮށްފައި ވަކި ގޮނޑިއެއް ބަހައްޓަން ޖެހޭ ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

Ads by Allied Insurance
  1. އިތުރުކުރައްވީކީނޫ މަޖިލީސްވީއުވާލައް ފައިސާތަކެއް.ބޭކާރު ުންނޫންކަމެއްނެތެއްނު މަޖިލީސްވަނީ ފިތުނަފަސާދަކޮން މީހުންގެއަބުރައް އަރާނެތިނުބާވާހަކަދައްކާތަނަކަށްވެފަ

  2. ދޮށީބޭ

    މިކަހަލަ،ޒިންމާދާރުނޫހެއްގަ ޖާބިރުގެ ވާހަކަތަށް ނުޖެހުންއެދެން.އޭނައަކީ ވަރަށްދެކޮޅުނުޖެހޭވާހަކަދައްކާ،މޮޔައެއްފަދަމީހެއް.ހެޔޮއެދޭތީބުނެލީ..!