ކުރީގެ ސީޕީ ހުސައިން ވަހީދު މާލޭގެ މޭޔަރުކަމަށް ކުރިމަތިލައްވަނީ

ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު މާލޭގެ މޭޔަރުކަމަށް ކުރިމަތިލައްވަން ނިންމަވައިފިއެވެ.
އޭނާ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، އަންނަ އަހަރުގެ ޖެނުއަރީ 17 ގެ ކުރިން ބާއްވަން އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކުރާ މާލޭގެ މޭޔަރުކަމުގެ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށާއި ތާއީދާއި ލޯތްބާއި ދުއާ ވަަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.
ހުސެއިން ވަހީދަކީ ރައީސް ޔާމީންގެ ވެރިކަމުގައި ކަމިޝަނަރ އޮފް ޕޮލިސްގެ މަޤާމު އަދާކުރެއްވުމަށްފަހު އެސަރުކާރުގެ ސިޔާސީ އިސް މަޤާމުތަކެއްވެސް ފުރުއްވި ބޭފުޅެކެވެ.
މޭޔަރު ކަމަށް ވާދަކުރެއްވުމަށް މިހާރުގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ އިއުލާންކޮށްފައެވެ. މަހުލޫފު "އެކްސް"ގައި ވިދާޅުވެފައި ވަނީ އޭނާ އެ މަގާމަށް އައްޔަން ކުރުމަށް މާލޭގެ ރައްޔިތުން ތާއީދު ކޮށްދެއްވުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.
މަހްލޫފްގެ އިތުރުން ވެސް މި މަގާމަށް ސިޔާސީ އެކި މެމްބަރުން ދަނީ ޝައުގުވެރިކަން ފާޅުކުރަމުންނެވެ.
މަވެސް ވާދަ ކުރާނަން ތިމަގާމަށް ޑިމާންޑު ވ ބޮޑު