ފަލަސްޠީނަށް އިންސާނީ އެހީ ފޯރުކޮށްދެވޭނެ ގޮތް ހެދުމަށް ސަރުކާރުން ގޮވައިލައިފި
ފަލަސްްޠީނުގެ ޣައްޒާއަށް ބޭނުންވާ ބޭހާއި ކާބޯތަކެއްޗާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާނެ ތަކެތި ފޯރުކޮށްދިނުމަށް އިންސާނިއްޔަތުކަމުގެ ކޮރިޑޯއެއް ހުޅުވުން ކަށަވަރުކުރުމަށް ބާރުއެޅުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުއަށް ދިވެހި ސަރުކާރުން ގޮވާލައިފިއެވެ.
ފަލަސްތީނުގެ ނިކަމެތި ރައްްޔިތުންނާއި ދެކޮޅަށް ޔަހޫދީން ހިންގަމުން އަންނަ ލާއިންސާނީ ޖަރީމާތަކާއި ދެކޮޅަށް ދިވެހި ސަރުކާރުން ނެރުއްވި ބަޔާނުގައި ޣައްޒާގައި ދިރިއުޅެމުންދާ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރޭލުން ކުރިއަށްގެންދާ ޢަސްކަރީ ޙަމަލާތަކާއި، އިރުމަތީ ޣައްޒާގައި ދިރިއުޅެމުންދާ 1.2 މިލިއަން ޢާއްމު ރައްޔިތުން 24 ގަޑިއިރު ތެރޭ ޣައްޒާގެ ދެކުނަށް ބަދަލުވުމަށް އިސްރޭލުގެ ސިފައިން އެންގި އެންގުން ދިވެހިރާއްޖެއިން އެންމެ ހަރުކަށި ޢިބާރާތުން ވަނީ ކުށްވެރިކޮށްފައެވެ.
އަދި ސަލާމަތްތެރިކަމާއި އެނބުރި އާދެވޭނެކަމުގެ ގެރެންޓީއަކާނުލައި މިފަދަ ކަމެއް ކުރުވުމަކީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށްވާ މަޖުބޫރުން ހިޖުރަކުރުވުންކަމަށާއި، އެހެންކަމުން އެއަމުރު ބަދަލުކުރަންޖެހޭކަމަށް ވިދާޅުވިއެވެ.
ހަނގުރާމަވެރިންނާއި ޢާއްމުންނާ ތަފާތުކުރުމެއްނެތި ދެމުންދާ ޙަމަލާތަކުގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން އެތައް ސަތޭކަ ބަޔަކު ޝަހީދުވެފައިވާއިރު އިތުރު އެތައް ހާސް ބަޔަކު ވަނީ ޒަޚަމްވެފައެވެ.
ހަމައެއާއެކު، މިޙަމަލާތަކުގައި ހޮސްޕިޓާތަކާއި ސްކޫލުތައް ހިމެނޭހެން މުހިންމު ޚިދުމަތްތައް ފޯރުކޮށްދޭ ތަންތަނާއި އ.ދ.ގެ ޢިމާރާތްތަކާއި ޢާއްމުން ދިރިއުޅޭ ޢިމާރާތްތަކާއި އަޅުކަންކުރާތަންތަން ސުންނާފަތިވެފައިވެއެވެ.
ފަލަސްޠީނު-އިޒްރޭލު މައްސަލައިގައި ރާއްޖެއިން އަބަދުވެސް ހުންނަނީ ފަލަސްޠީނުގެ ރައްޔިތުންނާއި އެކުގައެވެ.
ބަޔެއް މިސްކިތްތަކުގެ އިމާމުން ފަލަސްތީނާއި ގުޅިގެން ދައުލަތުން ކިޔަން އެނގި ޤުނޫތު ނާޒިލާ ނުކިޔަނީ އެމީހުނަށް އޭތި ކިޔަން ނޭގެނީތޯ ؟ ޤުނޫތު ނާޒިލާ ކިޔަން ނޭގޭ އިމާމުން ވަކިކުރަން ގޮވާލަން އެއީ ދިވެހިޖުމުހޫރިއްޔާގެ ޤާނޫނޫއަސާސީ ލާޒިމް ކުރާގޮތަކީ .
.ފަލަސްތީން މިނިވަން ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަކީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ދިވެހިންގެ މައްޗަށް ލާޒިމް ކުރާކަމެއް .