އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު މިސްރަށް ފުރާވަޑައިގެންފި

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ މިސްރަށް ފުރާވަޑައިގެންފިއެވެ.
މިކަން ހާމަކޮށް އިސްލާމިކް މިނިސްޓްރީން ބުނީ މިއީ މި ހިނގާ އޮކްޓޯބަރު މަހުގެ 18 އިން 19އަށް މިސްރުގެ ވެރިރަށް ކައިރޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ފަތްވާ އެންޑް ޗެލެންޖާޒް އޮފް ދަ ތަރޑް މިލެނިއަމްގައި ބައިވެރިވެ ވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެއް ކަމަށެވެ.
މި ކޮންފަރެންސްގެ މިއަހަރުގެ ތީމަކީ ”ތޭވީސްވަނަ ޤަރުނުގައި ފަތުވާ އަދި ފަތުވާ ދިނުމުގައި ހުރި ގޮންޖެހުންތައް” މި މައުޟޫއު ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި ކޮންފަރެންސްގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީވެސް ތަޤްރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.
މި ކޮންފަރެންސަކީ ދުނިޔޭގެ ފަތުވާ އިދާރާއިން، ފަތުވާދެއްވާ މުފްތީންނާއި އިސްލާމީ މުފައްކިރުން ހިމެނޭ ގޮތަށް ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ކޮންފަރެންސެކެވެ.
ރަސޫލުބޭކަލުން ނާއި ނަބީބޭކަލުންގެ މަންހަޖު ވަރަށްސާފު ހުރިހާ ބޭކަލުން ގެ މަންހަޖަކީ ﷲ އެއްކައުވަންތަ ކުރުމާއި އެކަލާގެ އަށް ޝަރީކް ކުރުން ހުއްޓާ ލުމާއި އަޅުކަން ހާލިސް އެކަލާގެއަށް ކުރުމަށް، ފަލަސްތީން ބިމަކީ މުސްލިމުންގެ ބިމެއް އެތަނުން ޒަޔަނިސްޓުން ބޭރުވާންޖެހޭނެ، ފަލަސްތީނު ބިމުގެ ވެރިކަން އޮންނާނީ ފަލަސްތީނުގެ ރައްޔިތުންގެ އަތްމަތީގައި !