ޚަބަރު

ފަލަސްޠީނުގެ މިނިވަންކަމަށް ގޮވައިލައި އަނެއްކާވެސް އެއްވަނީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން
A Palestinian boy sits on a chair with a national flag as Israeli authorities demolish a school site in the village of Yatta, south of the West Bank city of Hebron and to be relocated in another area, on July 11 2018. (Photo by HAZEM BADER / AFP)

ޔަހޫދީންގެ އަނިޔާ ތަޙައްމަލު ކުރަމުން އަންނަ ފަލަސްޠީނުގެ ރައްޔިތުންނަށް ތާއީދުކޮށް ރާއްޖެ އިން އަނެއްކާ ވެސް ބޮޑު އެއްވުމެއް ބާއްވަން ތައްޔާރުވާން ފަށައިފިއެވެ.

Ads by MWSC

މިކަން އިއުލާން ކުރައްވައި އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންގެ ބޮޑު އެއްވުމެއް އިންތިޒާމު ކުރުމުގެ މަސައްކަތް މިހާރު ފެށުނީ ކަމަށެވެ.

މި އެއްވުމާއި ގުޅޭ އިތުރު މަޢުލޫމާތެއް އިމްރާން ދެއްވައިފައެއް ނުވެއެވެ.

ފަލަސްޠީނުގެ ރައްޔިތުންގެ ދިފާޢުގައި ބޮޑު އެއްވުމެއް އިންތިޒާމުކުރުމުގެ މަސައްކަތް ފަށައިފައިވާއިރު، ހޯމް މިނިސްޓަރު ވިދާޅުވެފައި ވަނީ ރޭގެ ވަގުތެއްގައި އިޒްރޭލުން ގާޒާގެ ހޮސްޕިޓަލަކަށް ދިން ހަމަލާއެއްގައި 500 އެއްހައި މީހުން ވަނީ ޝަހީދުވެފައެވެ.

މީގެ ކުރިން ވެރިރަށް މާލޭގައި، ފަލަސްޠީނުގެ ރައްޔިތުންގެ ދިފާޢުގައި ބޭއްވި އެއްވުމުގައި ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވެއެވެ.

  1. ދިވެހިންނަށް މީހާރުން މިހާރަށް ފަލަސްތީނަ ށްޓަކައި ކޮށްދެވިދާނެ ކަންކަން :
    1/ ޔަހޫދީ އިސްރާއީލް ކުންފުނިތަކުން އުފައްދާ ބަނގުރަލާއި އޫރުމަހުގެ ބާވައްތަށް ދިވެހިރާއްޖެޔަށް އެތެރެކޮށް ވިއްކުން ވަގުތުން ހުއްޓާލުން.
    2/ އިސްރާއީލަށް އެހީވާ ޤައުމުތަކުން އުފައްދާ ބަނގުރާ އޫރުމަސް ދިވެހިރާއްޖެއަށް އެތެރެކޮށް ވިއްކުން ވަގުތުން ހުއްޓަލުން.
    3/ އިސްރާއީލަށް އެހީތެރިވާ ޤައުމުތަކުގެ ސަފީރުން ވަގުތުން ވަގުތަށް ފޮނުވާލުން .
    4/ ފަސްނަމާދުގައި ޤުނޫތު ކިޔަން ހަމަޖެއްސުން .

  2. ހާއުފާ

    ސިޔާސީ ޕާޓީއެއްގެ ބައްދަލުވުމެއް. ތިޔަކަމެއް ނުވާނެ