ހައްދުފަހަނަ އަޅާފައިވާ އިޒްރޭލުން ފަލަސްތީނާއި ދެކޮޅަށް ދެމުންގެންދާ ހަމަލާތަކުގައި އަނިޔާ ލިބިފައިވާ މީހުންނަށާއި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމުގެ ގޮތުން 100 މިލިއަން ޑޮލަރު ދިނުމަށް ނިންމާފައިވާކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.
ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައި ބައިޑަން ވިދާޅުވީ ޣައްޒާ އާއި ވެސްޓް ބޭންކުގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންނަށް 1000 މިލިއަން ޑޮލަރުގެ އިންސާނީ އެހީ ދިނުމަށް ނިންމާފައިވާކަމަށާއި މި އެހީގެ ސަބަބުން ގެދޮރު ގެއްލިފައިވާ އަދި ހަމަނުޖެހުންތަކުގެ ޝިކާރައަކަށްވެފައިވާ މިލިއަނެއްހާ މީހުންނަށް ސާފު ފެނާއި، ކާބޯތަކެއްޗާއި، ސާފުތާހިރުކަމުގެ އެހީތެރިކަމާއި ބޭސްފަރުވާއާއި އެހެނިހެން ޒަރޫރީ ބޭނުންތައް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ.
އަދި އެމެރިކާއިން އިންސާނީ އެހީތެރިކަން ފޯރުކޮށްދޭނީ އދ.ގެ އެޖެންސީތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާޖަމާޢަތްތައް ހިމެނޭ ގޮތަށް އިތުބާރު ކުރެވޭ ބައިވެރިން މެދުވެރިކޮށްކަމަށްވެސް ނޫސްބަޔާނުގައި ބަޔާންކޮށްފައިވެއެވެ.
އެމެރިކާގެ ރައީސް މިހެން ވިދާޅުވެފައިވަނީ އަންގާރަ ދުވަހު ޢައްޒާގެ އަލް އަޙްލީ ހޮސްޕިޓަލަށް ދިން ބޮމުގެ ހަމަލާގައި ފަލަސްތީނުގެ އެތައް ސަތޭކަ ރައްޔިތުންނެއް ޝަހީދުކޮށްލާފައިވާ ދަނޑިވަޅެއްގައެވެ. މި ހަމަލާއާ ގުޅިގެން ބައިޑަން ވަނީ އިޒްރާއީލް ދިފާއުކޮށް އެއީ "އަނެއް ޓީމުން" ދިން ހަމަލާއެއްކަމަށް ވިދާޅުވެފައެވެ.
އިޒްރާއީލްގެ ތެލް އަވީވްގައި ހުންނަވައި ބައިޑަން ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ދިނުމަށް ނިންމާފައިވާ އެހީއަށް ހަމާސްއިން ހުރަސްއަޅަން މަަސައްކަތްކޮށްފިނަމަ، އެހީ ނުލިބޭނެކަމަށް ބުނެ ހަމާސް އަށް ވަރުގަދަ އިންޒާރެއް ދެއްވާފައެވެ.
މި އެހީއާއެކު ގިނަ ބަޔަކު އަންނަނީ މިއީ ކޮން މަޤްސަދެއްގައި އެމެރިކާއިން ދޭ އެހީއެއްތޯ ސުވާލު އުފައްދަމުންނެވެ.
ސައުދީންތެޔޮ ދޭތޯ. ް0
އިބިލީސް މުސްލިމުން މަރާ ހުސްކުރަމުން އަދި މާ ރަނގަޅު ވާންވެގެން އެބަ އުޅެއެއްނު