ޚަބަރު

ކުޅުދުއްފުށީ އެއާޕޯޓުގައި ހިނގި ހާދިސާއަށްފަހު އެއާޕޯޓުތަކުގައި ޕްރެޝާ ފެޑް ބޭނުންކުރުން ވަގުތީ ގޮތުން ހުއްޓާލައިފި

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ހދ. ކުޅުދުއްފުށީ ސިޓީ އެއާޕޯޓުގައި ޕްރެޝާ ޕެޑެއް ގޮވައި 4 މީހަކަށް އަނިޔާވި ހާދިސާއަށްފަހު އެއާޕޯޓުތަކުގައި ޕްރެޝާ ޕެޑް ބޭނުންކުރުން ވަގުތީ ގޮތުން ހުއްޓާލައިފިކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީއިން ވިދާޅުވެއްޖެއެވެ.

Ads by STELCO

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ އޮފިޝަލަކާއި ޙަވާލާދީ އޮންލައިން ނޫހަކުން ވިދާޅުވީ ކުޅުދުއްފުށީ ސިޓީގައި ހިނގި ހާދިސާ ތަހްޤީޤުކުރުމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީއާއިއެކު ރީޖަނަލް އެއާޕޯޓްސްއިން ފަށާފައިވާކަމަށާއި، އެ ކަހަލަ ޕްރެޝާ ފެޑް ސިސްޓަމްތައް ރާއްޖޭގެ ހުރިހާ އެއާޕޯޓެއްގައި ވެސް ބޭނުންކުރާކަމަށެވެ.

"ވަގުތީ ގޮތުން، އެ އެއްޗެހި ބޭނުންކުރުން ހުއްޓާލައި އެންއެފްޕީއޭ އެޕްރޫވުޑް [ނޭޝަނަލް ފަޔަ ޕްރޮޓެކްޝަން އެސޯސިއޭޝަންގެ ސްޓޭންޑާޑަށް ފެތޭ] ފެކްޓަރީއަކުން އެ ހުރިހާ އެއްޗެއް އަލުން ޗެކުކުރާ ގޮތަށް މިހާރު ވަނީ ނިންމާފައި،" ރީޖަލަން އެއާޕޯޓްސް ކޮމްޕެނީގެ އޮފިޝަލާއި ޙަވާލަދީ އޮންލައިން ނޫހެއްގައި ބުނެފައިވެއެވެ.

މި ސިސްޓަމަކީ ތަމްރީނުތަކުގައި ނުވަތަ ފަޔާރ ޑްރިލްތަކުގައި، އަލިފާން ނިއްވަން ގެންގުޅޭ އެއްޗަކަށްވާއިރު އެ ސިސްޓަމްތައް ބޭނުންކުރަނީ ފަޔަމަނުންގެ ހޮޓް ފަޔާ ޑްރިލްއަކަށެވެ. މިއީ ކޮންމެ 3 މަހުން އެއްފަހަރު އޮންނަ ޑްރިލްއެކެވެ.

ކުޅުދުއްފުށި އެއާޕޯޓުގައި ހިނގި ހާދިސާގައި 37 އަހަރުގެ މީހާ އާއެކު އިތުރު ތިން މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ.

މި ހާދިސާ ހިނގާފައިވަނީ ކުޅުދުއްފުށީ އެއާޕޯޓްގެ ޓްރެއިނިންގައި ބޭނުންކުރާ ސިލިންޑަރެއް ރީފިލް ކުރުމުގެ ތެރޭގައެވެ. ފުލުހުންނަށް މި ހާދިސާގެ ރިޕޯޓު ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ 11:45ހާއިރެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!