މޯލްޑިވްސް އިސްލާމިކް ބޭންކުން ފައިސާ ނެގޭ ފެސިލިޓީއެއް ތައާރަފްކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އުޖާލާ ކޭޝްގެ ނަމުގައި އާ ފައިނޭސިންގ ފެސިލިޓީއެއް ތައާރަފްކޮށްފިއެވެ.
އެމްއައިބީން މަޢޫލޫމާތުދޭގޮތުގައި މި ފެސިލިޓީ މެދުވެރިކޮށް ޒަރޫރީ ބޭނުންތަކަށް ފައިސާ ނެގޭނެއެވެ. އެގޮތުން ސިއްޙީ ފަރުވާކުރުމަށާއި، ގެދޮރު މަރާމާތުކުރުމަށާއި, ގުދުރަތީ ކާރިސާތަކުގެ ސަބަބުން އަމިއްލަ މުދަލަށް ލިބޭ ގެއްލުން ފޫބެއްދުމަށާއި، ކުއްޔަށް އުޅޭ އެޕާޓްމަންޓް ބަދަލުކުރުމުގެ ސަބަބުން އެޑްވާންސް ކުލި ދެއްކުމަށާއި ދަރަނި ޚަލާސްކުރުމަށާއި ދިރިއުޅުމުގެ މިފަދަ އެހެނިހެން ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި ހަމައެކަނި ނަގުދު ފައިސާ ފުދޭ ފަދަ ހާލަތްތަކުގައި މި ފެސިލިޓީގެ ބޭނުންކުރެވޭނެއެވެ.
އެމްއައިބީގެ މި ފެސިލިޓީއަށް އެދުމަށް އެ ކުންފުނީގެ "އެޕްލައި-ނައު" ޕޯޓަލް މެދުވެރިކޮށް އުޖާލާ ފައިނޭންސިން އެޕްލިކޭޝަން ފޯމު ހުށަހެޅޭނެއެވެ. އަދި އުޖާލާ ފައިނޭންސިންގެ ލިމިޓު ހަމަޖެހުމުން ފައިސާއަށް އެދެވޭނެއެވެ. އެމްއައިބީން މަޢުލޫމާތުދޭގޮތުގައި އެމީހަކަށް ލިބޭ ލިމިޓުގެ ތެރެއިން 30 އިންސައްތައާ ހަމައަށް އެއްވެސް ލިޔުމަކާއި ނުލާ ކޭޝް ފެސިލިޓީ ބޭނުންކުރެވޭނެކަމަށެވެ.
މި ފެސިލިޓީގެ ތެރެއިން 30 އިންސައްތައަށްވުރެ ގިނައިން ފައިސާ ނަގާނަމަ، އެކަމާގުޅޭ ލިޔެކިއުންތައް ހުށަހަޅަން ޖެހޭނެކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.
މި ޚިދުމަތް ތައާރަފްކުރިނަމަވެސް، އުޖާލާ ފައިނޭސިންގެ ދަށުން ތަކެތި ނެގުމުގެ ޚިދުމަތް ލިބެމުންދާނެކަމަށް އެ ކުންފުނިން މަޢުލޫމަތުދެއެވެ.