ޚަބަރު

ފަލަސްޠީނުގެ ޝަހީދުންގެ އަދަދު ފަސްހާހުން މައްޗަށް!

ފަތޯނާ ފާއިޒު ، ދެން އޮންލައިން
A Palestinian boy sits on a chair with a national flag as Israeli authorities demolish a school site in the village of Yatta, south of the West Bank city of Hebron and to be relocated in another area, on July 11 2018. (Photo by HAZEM BADER / AFP)

އިސްރާއީލުން ހައްދުފަހަނައަޅައިފައިވާ ޔަހޫދީން ފަލަސްތީނުގެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނު މީހުންގެ އަދަދު 5،000 އިން މައްޗަށް އަރައިފިއެވެ.

Ads by Hajj Corporation

ބައިނަލްއަޤްވާމީ ނޫސްތަކުން ފަލަސްތީނުގެ ކަމާބެހޭ އިދާރާތަކާއި ހަވާލާދީ މިއަދު ހާމަ ކޮށްފައިވާ ގޮތުގައި އިސްރާއިލުން ޣައްޒާއަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި މިހާތަނަށް 5،087 މިހުންވަނީ ޝަހީދުވެފައެވެ.

މިގޮތުން ރޭ އެކަނިވެސް އިސްރާއީލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 400 އަށްވުރެ ގިނަމީހުން ޝަހީދުވެފައި ވެއެވެ. ރޭގެ ވަރުގަދަ ހަމަލާ ތަކަކީ، މި ހިނގައިދިޔަ ދެހަފްތާ ތެރޭގައި އިސްރާއީލުގެ އަނިޔާވެރި ހަމަލާތަކުގައި ފަލަސްތީނުގެ އެންމެ ގިނަ މީހުން ޝަހީދުވި ހަމަލާތަކެވެ.

ފަލަސްޠީނުގެ ދިފާޢުގައި މަސައްކަތް ކުރާ ހަމާސް ޖަމާޢަތުގެ ހަމަލާތަކުގައި، މިހާތަނަށް އިޒްރޭލުގެ 1،405މީހުން މަރާލާފައިވާއިރު އޭގެ ތެރޭގައި 307 ސިފައިންނާއި 57 ޕޮލިސް އޮފިސަރުން ހިމެނެއެވެ.

ފަލަސްޠީނުގެ 5000އަށްވުރެ ގިނަ މީހުން ޔަހޫދީން ޝަހީދުކޮށްލިއިރު، އޭގެ ތެރޭގައި 2055 ކުޑަކުދިންނާއި 1،119 އަންހެނުން ހިމެނެއެވެ.

އަދި 15،273 މީހަކު ވަނީ ޒަޚަމްވެފައެވެ. އޭގެ ތެރޭގައި 2،000 ކުޑަކުދިންނާއި 1،400 އަންހެނުން ހިމެނެއެވެ. މީގެ އިތުރުން،ބޣައްޒާއިން 1،400 މީހަކު ވަނީ ގެއްލިފައެވެ. އޭގެ ތެރޭގައި 720 ކުޑަކުދިން ހިމެނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!