ޚަބަރު

ދެ ހަފްތާގެ ތެރޭގައި ޣައްޒާގެ 31 މިސްކިތް ސުންނާފަތި ކޮށްލައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން
KHAN YUNIS, GAZA - OCTOBER 20: A view of destroyed Al Amin Muhammad Mosque hit by Israeli airstrike, in Khan Yunis, southern Gaza Strip on October 20, 2023. (Photo by Abed Zagout/Anadolu via Getty Images)

މި މަހުގެ ހަތްވަނަ ދުވަހު ޔަހޫދީން ފަލަސްޠީނުގެ ޣާޒާއަށް ދޭން ފެށި ހަމަލާތަކުގައި، މިހައިތަނަށް 31 މިސްކިތެއް ސުންނާފަތި ކޮށްލައިފިއެވެ.

Ads by STELCO

މިކަން ހާމަ ކުރީ ފަލަސްޠީނުގެ ރެލިޖަސް އެފެއަރސް މިނިސްޓްރީންނެވެ. ޔަހޫދީން ފަލަސްޠީނަށް އަމާޒުކޮށް ހަމަލާ ދޭން ފެށީ ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާޢަތުން ދިން ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ކަމަށް ބުނެއެވެ. ނަމަވެސް ޔަހޫދީން ގެންދަނީ ފަލަސްޠީނުގެ ގިނަ އަދަދެއްގެ ކުޑަ ކުދިން ވެސް ޝަހީދު ކުރަމުންނެވެ.

އިޒްރޭލުން ދެ ހަފްތާގެ ތެރޭގައި 31 މިސްކިތެއް ސުންނާފަތިކޮށްލިއިރު، އަލް-އަޤްސާ މިސްކިތް މުސްލިމުންނަށް ނުވަދެވޭ ގޮތަށް ވަނީ ބަންދު ކޮށްފައެވެ. މީގެ ކުރިން އުމުރުން ދުވަސްވީ މީހުންނަށް އެ މިސްކިތަށް ވަދެވުނު ނަމަވެސް، އަންގާރަ ދުވަހު ޔަހޫދީން ވަނީ އެއްވެސް އުމުރުފުރައެއްގެ މުސްލިމަކަށް ނުވަދެވޭ ގޮތަށް އެތަން ބަންދު ކޮށްފައެވެ.

ޣައްޒާއަށް އަދި ވެސް ވަރުގަދައަށް ބޮން އަޅަމުން އަންނައިރު، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޔަހޫދީން ވަނީ ފަލަސްޠީނުގެ 700 މީހަކު ޝަހީދުކޮށްލައިފައެވެ.

Ads by HDC
  1. ދިވެހިންނަށް މީހާރުން މިހާރަށް ފަލަސްތީނަށް ޓަކައި ކޮށްދެވިދާނެ ކަންކަން :
    1/ ޔަހޫދީ އިސްރާއީލް ކުންފުނިތަކުން އުފައްދާ ބަނގުރަލާއި އޫރުމަހުގެ ބާވައްތަށް ދިވެހިރާއްޖެޔަށް އެތެރެކޮށް ވިއްކުން ވަގުތުން ހުއްޓާލުން.
    2/ އިސްރާއީލަށް އެހީވާ ޤައުމުތަކުން އުފައްދާ ބަނގުރާ އޫރުމަސް ދިވެހިރާއްޖެއަށް އެތެރެކޮށް ވިއްކުން ވަގުތުން ހުއްޓަލުން.
    3/ އިސްރާއީލަށް އެހީތެރިވާ ޤައުމުތަކުގެ ސަފީރުން ވަގުތުން ވަގުތަށް ފޮނުވާލުން .
    4/ ފަސްނަމާދުގައި ޤުނޫތު ނާޒިލާ ކިޔަން ހަމަޖެއްސުން .
    5/ އެއާޕޯޓްގެ ޑިއުޓީފުރީން ބަނގުރާ ވިއްކުން ހުއްޓާލުން.
    ނޯޓް: ޔަހޫދީން ފުރާނަ މުއްތި ކުރަނީ ބަނގުރަލާއި އޫރުމަހުން، މިއެއްޗެހި ނުލިބުމަށްވުރެން އެމީހުން ހިއްދަތިވެ ބަލިކަށިވާނެ ކަމެއް ދުނިޔެމަތީގައި ނުވާނެ. ދުނިޔޭގައި ވިއްކާ ބަނގުރަލާއި އޫރުމަހުގެ ފައިސާގެ ބޮޑުބަޔެއް ލިބެނީ އިސްރާއީލް ދައުލަތަށް.