ޚަބަރު

އިންތި ވިދާޅުވަނީ ފަލަސްޠީނުގެ މައްސަލައިގައި ދުނިޔެ އޮތީ ނިދާފައި ކަމަށް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ފަލަސްޠީނުގެ މައްސަލައިގައި ދުނިޔެ ފެންނަނީ ނިދާފައި އޮތް ކަހަލަ ގޮތަކަށް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ(އިންތި) ކަންބޮޑުވުންފާޅުކުރައްވައިފިއެވެ.

Ads by STELCO

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ މީގެ 18 ވަރަކަށް ދުވަސް ކުރިން، އިޒްރޭލުގެ ޔަހޫދީންނަށް ހަމާސްއިން ހަމަލާ ދިނުމުން މުޅި ދުނިޔެވެސް އެކަން ކުށްވެރި ކުރި ކަމަށާއި، ނަމަވެސް މިހާރު ފެންނަނީ މުޅިން އެހެން މަންޒަރެއް ކަމަށާއި، މި މައްސަލައިގައި ދުނިޔޭގެ ޑަބަލް ސްޓޭންޑަޑް ފެންނަމުންދާ ކަމަށެވެ.

"އދ އިން ފޮނުވާފައި ތިބޭ އެއިޑް ޖަމާއަތްތަކަށް ވެސް ހަމަލާ ދޭތަން މި ފެންނަނީ." އޭނާ ވިދާޅުވިއެވެ.

ފަލަސްޠީނުގެ ރައްޔިތުންނަށް އަނިޔާ ދެމުން އަންނައިރު، ދުނިޔޭގެ ޤައުމުތަކުގެ ދެފުށް ކެހެރިކަން ފެންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ހަމަ ދުނިޔެ ނިދަން އޮތް ކަހަލަ ގޮތަކަށް އަޅުގަނޑުމެންނަށް މި ފެންނަނީ. ހަމަ ސީދާ ޑަބަލްސްޓޭންޑަޑް، ދެފުށްކެހެރިކަން އަޅުގަނޑުމެންނަށް ފެންނަމުން ދަނީ."

ޔަހޫދީންގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްޠީނުގެ ރައްޔިތުންގެ އަދަދު 6000އާއި ގާާތްކުރާއިރު، އޭގެތެރޭގައި 3000 ކުޑަކުދިން ހިމެނެއެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!