Thursday, 5 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ވަޢުދު ވުމާއި ވަޢުުދު ފުއްދުމަކީ ކުޅޭކުޅޭ ކަމެއް ނޫންކަން ޒައިދު ހަނދާންކޮށްދީފި

ވަޢުދު ވުމާއި ވަޢުުދު ފުއްދުމަކީ ކުޅޭކުޅޭ ކަމެއް ނޫންކަން ޒައިދު ހަނދާންކޮށްދީފި
ވަޢުދު ވުމާއި ވަޢުުދު ފުއްދުމަކީ ކުޅޭކުޅޭ ކަމެއް ނޫންކަން ޝެއިޚު ޢަލީ ޒައިދު ހަނދާންކޮށްދެއްވައިފިއެވެ. ޒައިދު މިހެން ވިދާޅުވީ، މާލެ ސަރަހައްދުން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި ފޯމު ހުށަހެޅުމަށް ހުޅުވާލި ދެ ވަނަ ފުރުސަތުގައި ހުށަހެޅި ހުރިހާ ފޯމުތަކެއް މި ދައުރު ނިމެންވާއިރަށް އިވެލުއޭޓްކޮށް ނުނިމޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ވިދާޅުވުމާއި ގުޅިގެންނެވެ. އެކަމަށް ފާޑުވިދާޅުވަމުން ޒައިދު ވިދާޅުވީ ވަކި ގޮތަކަށް ރައްޔިތުންނަށް ވަޢުދެއް ވެއްޖެނަމަ އެކަން ފުއްދަންޖެހޭނެކަމަށާއި ވަޢުދާއި އަޙުދަކީ ޤިޔާމަތްދުވަހު ސުވާލު ވެވޭނެ ކަމެއްކަމަށެވެ. "އިންތިޚާބަކާއި ގުޅިގެން ވަޢުދު އުވާލުމަކީ ލަދުވެތިކަމެއް" ޒައިދު ވިދާޅުވިއެވެ. https://dhen.mv/201905   "ސަން" އަށް މަޢުލޫމާތުދެއްވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވީ، ފޯމުތަކުގެ އަދަދު ދެނެގަނެވިފައިވި ނަމަވެސް، އެންމެ ބޮޑު މަސައްކަތަކަށްވާނީ އެ ހުރިހާ ފޯމެއްގައި ހުރި މައުލޫމާތު ވަކިވަކިން ބެލުންކަމަށާއި އެ މަސައްކަތް އަވަސް އަރުވައިލައިގެން ކުރުމުގެ ނިޔަތުގައި، ލިސްޓުތަކެއް ނެރެ، ގޯތީގެ ރަޖިސްޓްރީ ދޫ ނުކުރައްވާނެކަމަށެވެ. "ފޯމުތަކުގެ އަދަދު އަޅުގަނޑުމެންނަށް އެނގޭ. އެކަމު އޭގައި ހުރި އެއްޗެއް ބެލީމާ އެނގޭނީ އިވެލުއޭޓްކޮށް، ވަކި ދާއިމީ ލިސްޓެއް ނެރެން،" އަކްރަމް ވިދާޅުވެފައިވެއެވެ. ހަމައެއާއެކު ދެވަނަ ބުރުގެ މި މަޝްރޫއަށް ބިން ދޫކުރާ ސަރަހައްދު ކަމަށްވާ އުތުރު ތިލަފަޅު ހިއްކައި ނުނިމޭކަމަށް ފާހަގަކުރައްވަމުން އަކްރަމް ވިދާޅުވީ ނުހިއްކާ ތަނަކުން ބިން ދިނުމަށް ލިޔުން ނުދެއްވާނެކަމަށާއި މިހާރު މި އޮތް ސްކީމުން ވެސް ބޯހިޔާވަހިކަމަށް އެދި ތިބި ރައްޔިތުން ހާމަވާން އެބައޮތްކަމަށެވެ.

"އަޅުގަނޑުމެންނަށް ކުރީ ސަރުކާރެއްގައި ފެނުނު ދެއްތޯ، ނުހިއްކާ އޮތް ތަނަކުން ގޯތި ލިބުނުކަމަށް ލިޔުން ދިންތަން. އެހެންނެއް އެކަމެއް ނުކުރާނަން،" އަކްރަމް ވިދާޅުވިއެވެ.

މި ސަރުކާރުގެ ދައުރުގައި މި މަސައްކަތް އެއްކޮށް ނުނިމުނު ނަމަވެސް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، މި މަސައްކަތް ކުރިއަށް ގެންދަވާނެކަމަށް އުންމީދުކުރައްވާކަމަށް އަކްރަމް ވިދާޅުވިކަމަށް "ސަން" އިން ބުނެފައިވެއެވެ.

އަކްރަމް މިހެން ވިދާޅުވެފައިވާއިރު، މާލެ ސަރަހައްދުން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި ފޯމު ހުށަހެޅުމަށް ހުޅުވާލި ދެ ވަނަ ފުރުސަތުގައި ހުށަހެޅި ފޯމުތަކާއި ގުޅިގެން އައު ސަރުކާރުން އަމަލުކުރައްވާނެ ގޮތެއް އަދި ނުނިންމަވާ ކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ވަނީ އިއްޔެ ވިދާޅުވެފައެވެ.

ގޯތި ނުވަތަ ފްލެޓް ލިބި ލިޔުން ހަވާލުކޮށްފައިވާ ނުވަތަ ބިން/ފްލެޓު ދިނުމަށް ގެޒެޓު ކޮށްފައިވާ އެއްވެސް ފަރާތެއްގެ އެއްޗެއް ނުހުއްޓުވުން ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިކަމަށާއި އެ ސްޓޭންޑުގައި އެމަނިކުފާނު ހުންނަވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައިވާކަން ފާހަގަކުރައްވަމުން ފިރުޒުލް ވިދާޅުވީ، އިއްޔެ މުއްދަތު ހަމަވީ އޭގެ ފަހުން އިއުލާނުކޮށްގެން އެޕްލިކޭޝަން ހުށަހެޅި ބައެއް ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް