Tuesday, 3 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އަނިޔާ ލިބެމުންދާ މީހުން، މިހާރު ބަލިކަށިހެން ހީވިޔަސް ފަހުން ތެދުވާނެ: ފާރިސް

އަނިޔާ ލިބެމުންދާ މީހުން، މިހާރު ބަލިކަށިހެން ހީވިޔަސް ފަހުން ތެދުވާނެ: ފާރިސް

ޔަހޫދީންގެ އަނިޔާ ލިބެމުންދާ ފަރާާތްތައް މިހާރު ބަލިކަށިހެން ހީވިޔަސް، އެ މީހުން ފަހުން އަނިޔާވެރިކަމާއި ދެކޮޅަށް ތެދުވެ، އަނިޔާވެރިން ބަލި ކުރާނެ ކަމަށް ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

ފާރިސް އެކްސްގައި ކުރައްވައިފައިވާ ޕޯސްޓެއްގައި މިގޮތަށް ވިދާޅުވެފައި ވަނީ ޔަހޫދީންނާއި ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާޢަތުން ކުރަމުން އަންނަ ހަނގުރާމައަށް އިޝާރާތް ކުރައްވަމުންނެވެ. އޭނާ ވިދާޅުވީ އިޒްރޭލުން ހިންގާ ޖަރީމާތަކުން ޖީލުތަކަށް ލިބެމުންދާ "ޓްރޯމާ" ޒަޔަނިސްޓުންނާއި، ޔަހޫދީންގެ ޢަމަލުތަކަށް ތާއީދު ކުރާ ފަރާތްތަކަށް އެނގެން ޖެހޭ ކަމަށެވެ.

ޓެކްނޮލޮޖީގެ މި ޒަމާނުގައި، ޔަހޫދީން ހިންގަމުން އަންނަ ޤަތުލުއާއްމުގެ މަންޒަރުރައް މީސްމީޑިއާ ޕްލެޓްފޯމުތަކުގައި ދައުރުވަމުން އަންނައިރު، ހަނގުރާމަ ތަޖުރިބާ ކުރަމުން އަންނަ މީހުންގެ އިތުރުން، ދުރުގައި މަންޒަރުތައް ބަލަން ތިބޭ މީހުންނަށް ވެސް އެތައް ގޮތަކުން އަސަރު ކުރާ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

ފާރިސް އިތުރަށް ވިދާޅުވީ، ޔަހޫދީންގެ ޤަތުލުއާއްމުގެ އަސަރު ޒަމާންތަކަށް ދިގު ދެމިގެންދާނެ ކަމަށާއި، އަނުޔާ ލިބެމުންދާ މީހުން، މިވަގުތު ބަލިކަށި ކަމަށް ފެނުނަަސް، ފަހުން ތެދުވެ، އަނިޔާ ދެމުން އަންނަ ޔަހޫދީން ބަލި ކުރާނެ ކަމަށެވެ.

ރޭ ޔަހޫދީން ވަނީ، ޣައްޒާއިން ކަރަންޓު ވެސް މުވާސަލާތީ ޚިދުމަތާއި، އިންޓަރނެޓްވެސް މުޅިން ކަނޑައިލައި ވަރަށް ވަރުގަދަ ބޮމުގެ ހަމަލާތަކެއް ދީފައެވެ.

 

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް