ޚަބަރު

ފަލަސްޠީނުގެ މުސްލިމުންގެ ޙިމާޔަތުގައި ދުޢާ ކުރުން އިތުރު ކުރުމަށް އަދާލަތުން ގޮވާލައިފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

ޔަހުދީންގެ އަނިޔާވެރި ކަމުގެ ޝިކާރައަކަށް ވެފައިވާ ފަލަސްތީންގެ ރައްޔިތުންނާއި، ގުދުސް ސަލާމަތް ކުރުމަށް ވީހާވެސް ގިނަ ފަރާތްތަކުން މިހާރަށް ވުރެން ބޮޑަށް ދުޢާ ކުރުމަށް އަދާލަތު ޕާޓީން ގޮވާލައްވައިފިއެވެ.

Ads by STELCO

މިކަމަށް އިޝާރަތްކޮށް އަދާލަތުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ދިވެހި އެންމެހާ ރައްޔިތުން، ފަލަސްޠީނުގެ ބިންތަކަށް ގަދަކަމުން ވެރިވެގެން އުޅޭ ސިޙްޔޫނީން ޣައްޒާއިން ފެނާއި، ކާނާއާއި، ބޭސްފަރުވާ އާއި ކަރަންޓާއި މުވާޞަލާތީ ޚިދުމަތް ކަނޑާލުމަށްފަހު ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި ޤަތުލުޢާންމު ހައްދުން ނެއްޓިފައިވާ މި ދަނޑިވަޅުގައި ފަލަސްޠީނުގެ މުސްލިމުންނާއި ޤުދުސްގެ ޙިމާޔަތުގައި މާތް اللهގެ ކިބަފުޅަށް ދުޢާދެންނެވުން އިތުރު ކުރުމަށް ގޮވާލާފައެވެ.

ހަމަ އެހެންމެ ފަލަސްޠީނުގެ ޙައްޤުގައި އަޑު އުފުލުމާއި އެ ރައްޔިތުންނަށް އެހީތެރި ވުމަށް އެމީހަކަށް ކުޅަދާނަވީ މިންވަރަކުން ކުރެވެން ހުރި ކޮންމެ ކަމެއް ކުރުންމަތީ ދެމިތިބުމަށްވެސް އަދާލަތުން ވަނީ ގޮވާލާފައެވެ.

އިސްރާއީލުގެ ޔަހޫދީން މެދު ކެނޑުމެއްނެތި ފަލަސްތީނަށް ދެމުން އަންނަ ވަރުގަދަ ހަމަލާތަކުގައި އިއްޔެ ހަވީރާއި ހަމައަށް ހަމަލާތަކުގައި ޝަހީދުވެފައިވާ ފަލަސްތީނުގެ ރައްޔިތުންގެ އަދަދު 7،326 އަރާ ކަމަށް އެ ޤައުމުގެ ހެލްތު މިނިސްޓްރީން ހާމަކުރެއެވެ.

Ads by Ooredoo
  1. އިމުރާނުމެންނަކީ އެފަދަ ކަންތައްތައް މަނާކުރާބައެއްކަމުން އިމުރާނުމެންދައްކާތިކަހަލަވާހަކަތަކަން ތާއީދެއްނުދޭނެ މީހުންގެއެއިންތިހާއީ ތާއީދުހުޓުވަން ތިގޮތަށްނޫޅެބަލަ އިމުރާނުމެނަކަކާ ނުވެސްޅެ އެކަހަލަކަމްތަކެއް ނުބާކަމްތަކަންބާރުދީހެދުމަޒް އުޅޭތީ ގުޅެނީވެސްއެކަހަލަކަންތަކާ