ރޮޒައިނާ ޑރ. މުޢިއްޒުއަށް: އެހީތެރިކަން ބޭނުންވާނީ އަންހެން މެންބަރުންގެ ކެމްޕޭނަށް، މަޖިލިހަށް ހޮވުނީމައެއްނޫން

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބައިވެރިވެވަޑައިގަންނަވާ އަންހެން ބޭފުޅުންނަށް އެހީތެރިކަން ބޭނުންފުޅުވާނީ މަޖިލީހަށް ހޮވެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ މިހެން ވިދާޅުވީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވީހާވެސް ގިނަ އަންހެން ބޭފުޅުން ބައިވެރިވެވަޑައިގަތުމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވާފައިވާ ދަނޑިވަޅެއްގައެވެ. އަދި އެމަނިކުފާނު ވަނީ މިކަމަށް ހިތްވަރު ދިނުމުގެ ގޮތުން، މެންބަރަކަށް މަޖިލީހުން ލިބޭ މުސާރަޔާއި އެލަވަންސްގެ އިތުރުން ޕާޓީއިން ޚާއްސަ އެލަވަންސެއް ދޭގޮތަށް ހަމަޖައްސަން އެމަނިކުފާނު މަސައްކަތް ކުރާނެ ވާހަކަ ވިދާޅުވެފައެވެ.
އެކަމާ ގުޅިގެން ރޮޒައިނާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަންހެން މެންބަރުންނަށް އެހީތެރިކަން ބޭނުންވަނީ މަޖިލީހަށް ހޮވުނީމައި ނޫންކަމަށާއި ޑރ. މުޢިއްޒު އެހެން ވިދާޅުވުމުން އެމަނިކުފާނުގެ އިޚްލާސްތެރިކަމާމެދު ސުވާލު އުފެދޭކަމަށެވެ.
"އިންތިޤާލީ ރައީސް މަޖިލީހަށް ގިނަ އަންހެނުން ހޮވަން ހަގީގަތުގައިވެސް ބޭނުންފުޅުވެލައްވާނަމަ އެމީހުންގެ ކެމްޕޭނަށް ހަރަދު ކޮއްދެއްވާ! ހޮވުނީމަކާ ނޫން އެމީހުންނަށް އެހީތެރިކަން ބޭނުންވަނީ، ހޮވެން އެހީތެރިކަން ބޭނުންވަނީ. މިހާރު ތިވިދާޅުވި އެއްޗަކުން އިޚްލާސްތެރިކަމާމެދު ސުވާލު އުފެދޭ" ރޮޒައިނާ ވިދާޅުވިއެވެ.
https://dhen.mv/202247
ޑރ. މުޢިއްޒު ވިދާޅުވީ ކުރިއަށް އޮތް މަޖިލީހުގެ އިންތިޚާބުގައި ވީހާވެސް ގިނަ އަންހެން ބޭފުޅުން ބައިވެރިވެ ހޮވިގެން ދިޔުމަކީ އެމަނިކުފާނު ވަރަށް އެދޭކަމެއް ކަމަށެވެ.
އެގޮތުން، އެމަނިކުފާނު ނިސްބަތްވާ ޕީޕީއެމް/ޕީއެންސީން މަޖިލީހުގެ މަދުވެގެން 20 އިންސައްތަ ގޮޑިއަށް އަންހެން ބޭފުޅުން ހޮވުމަށް މަސައްކަތްކުރުމަސްވެސް އެމަނިކުފާނުވަނީ ގޮވާލައްވާފައެވެ.
އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާނެ ތާރީޚެއް ނޮވެންބަރު ގައި އިޢުލާނުކުރެވޭނެކަމަށް ބެލެވޭއިރު، އީސީގެ ނައިބު ރައީސް އިސްމާޢީލް ޙަބީބް ވިދާޅުވީ އެ އިންތިޚާބުގެ ގާނޫނުގައިވާ ގޮތުގެ މައްޗަށް ބަލާއިރު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ބޭއްވޭނީ މާޗް މަހުގެ ފަހުކޮޅު ނުވަތަ އޭޕްރީލްމަހުގެ ކުރީކޮޅު ކަމަށެވެ.







ކޮމެންޓް