ޚަބަރު

ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓު އަންނަ ހަފްތާގައި އިއުލާން ކުރަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

މި ސަރުކާރުން ކުރިޔަށް ގެންދާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު އަންނަ ހަފްތާގައި އިއުލާންކުރުމަށް ހައުސިން މިނިސްޓްރީން ނިންމައިފިއެވެ.

Ads by Sosun Fihaara

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވީ ޝަރުތު ހަމަވާ އެންމެންނަށް ފްލެޓު ދޭން ނިންމިއަސް، އެންމެ ފުރަތަމަ ލިޔުން ދޭނީ މިހާރު ހަދަމުން އަންނަ 4،000 ފްލެޓު ލިބޭ މީހުންނަށް ކަމަށެވެ.

އެ މީހުންނަށް އަންނަ އާދިއްތަ ދުވަހުގެ ކުރިން ލިޔުން ދިނުމަށް މަސައްކަތް ކުރާ ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.

ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމުކޮށް، ޝަރުތު ހަމަވާ އެންމެންނަށް ފްލެޓް ދޭނެކަން ހައުސިން މިނިސްޓްރީން އިއުލާން ކުރީ އޮގަސްޓު މަހުގެ އަށެއްގައެވެ.

އެ ލިސްޓުން ދައްކާ ގޮތުގައި ފްލެޓަށް އެދުނު މީހުންގެ ތެރެއިން 15،046 މީހުންގެ ޝަރުތު ހަމަވެއެވެ. އޭގެ ތެރޭގައި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވާ 4،319 މީހުންނާއި ތިން ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވާ 10،727 މީހުން ހިމެނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!