Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އިކޮނޮމިކް މިނިސްޓްރީގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށްޓަކައި ކުރި މަސައްކަތަށް ބައިނަލްއަޤްވާމީ އެވޯޑެއް

އިކޮނޮމިކް މިނިސްޓްރީގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށްޓަކައި ކުރި މަސައްކަތަށް ބައިނަލްއަޤްވާމީ އެވޯޑެއް

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިޕެލޮޕްމަންޓުގެ ޚިދުމަތްތައް ޑިޖިޓަލްކުރުމަށްޓަކައި އެ މިނިސްޓްރީން ކުރި މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ކޯޕަރޭޓް ރެޖިސްޓާސް ފޯރަމް (ސީއާރްއެފް) އިން އެ މިނިސްޓްރީއަށް "ސީއާރުއެފް 2023 އިނޮވޭޝަން އެވޯޑް (ކޮމެންޑޭޝަން)" އެވޯޑު ދީފިއެވެ.

މިއީ އެ މިނިސްޓްރީން އަލަށް ތަޢާރަފްކުރި ""ކޯޕަރޭޓް ޕްރޮފައިލް އެންޑް ވެރިފިކޭޝަން ސަރވިސް" އަށް ލިބުނު އެވޯޑެކެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި މިއީ އެ މިނިސްޓްރީގެ ޚިދުމަތްތައް ޑިޖިޓަލްކުރުމަށްޓަކައި އެ މިނިސްޓްރީން ކުރި މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ލިބުނު ފުރަތަމަ ބައިނަލްއަޤްވާމީ އެވޯޑެވެ.

މި ޚިދުމަތުގެ ދަށުން އެ މިނިސްޓްރީން އޮންލައިންކޮށް ދޫކުރާ ޕްރޮފައިލް ޝީޓުތައް ބޭންކުތަކާއި އެހެނިހެން ޚިދުމަތް ދޭ ތަންތަނުން، ސައްޙަތޯ ކަށަވަރު ކުރުމަށް ކޮންމެ ޝީޓެއްގައި ޚާއްސަ ވެރިފިކޭޝަން ކޯޑެއް ހިމަނާފައިވާނެއެވެ.

Advertisement
Ooredoo — Truecaller (box)

އިކޮނޮމިކް މިނިސްޓްރީން ތަޢާރަފްކުރި މި ޚިދުމަތުގެ ސަބަބުން އެ މިނިސްޓްރީގެ ސަރވިސް ކިއުއިން ވަގުތުން 300 ރިކުއެސްޓް މަދުކުރެވި، ވިޔަފާރިތަކަށް އެމީހުންގެ ކޯޕަރޭޓް ޕްރޮފައިލް ޝީޓަށް ކޮންމެ ތަނަކުންވެސް ވަނުމުގެ ފުރުޞަތު ފަހިވެ، އަދި ޓެކްނޮލޮޖީގެ އެހީގައި ތިންވަނަ ފަރާތަކަށް މަޢުލޫމާތު ހާމަނުވާނެފަދަ ރައްކާތެރިކަމާއެކު ވިޔަފާރިތަކުގެ ޕްރޮފައިލް ޝީޓުގައިވާ މަޢުލޫމާތުތައް ވެރިފައިކުރުމުގެ ފުރުޞަތު ފަހިވެގެން ދާނެއެވެ.

މިއީ ވިޔަފާރީގެ މުޢާމަލާތްތަކުގައި ހަރަކާތްތެރިވާ ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކުގެ މަޢުލޫމާތު އަވަހަށް އުފައްދައި އަޕްޑޭޓްކުރުމަށްޓަކައި ވަރަށް މުޙިއްމު ފިޔަވަޅެއްކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

އިކޮނޮމިކް މިނިސްޓްރީން އާންމުންނަށާއި ވިޔަފާރިވެރިންނަށް ފޯރުކޮށްދޭ ގިނަ ޚިދުމަތްތައް މިހާރު ފޯރުކޮށްދެނީ ބިޒްނަސް ޕޯޓަލް މެދުވެރިކޮށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް