Tuesday, 3 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މާލޭގެ މޭޔަރުކަމުގެ މަޤާމަށް ކުރިމަތިލާން އާޒިމާ ނިންމަވައިފި

މާލޭގެ މޭޔަރުކަމުގެ މަޤާމަށް ކުރިމަތިލާން އާޒިމާ ނިންމަވައިފި

ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް ކުރީގެ ބަންޑާރަނައިބު އައިޝަތު އާޒިމާ ޝަކޫރު ނިންމައިފިއެވެ.

މިއަދު އެކަން އިޢުލާނުކުރައްވަމުން އާޒިމާ ވިދާޅުވީ މޭޔަރުކަމަށް ކުރިމަތިލައްވަން ނިންމެވީ، އެކަމަނާއަކީ ޢުމުރުން 17 އަހަރުން ފެށިގެން ޤައުމީ ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެއްކަމަށްވާތީއާއި ރައްޔިތުންނާއި ގާތުން ޚިދުމަތްކުރުމުގެ ޝައުގު އެކަމަނާގެ ހުންނަވާތީކަމަށެވެ. އަދި މާލޭ ސަރަޙައްދުގެ ހަޤީޤީ މާނައިގައި ތަރައްޤީކުރުމަށްޓަކައި އަދިވެސް ބޮޑެތި މަަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށް އެކަމަނާއަށް ޤަބޫލުކުރެވޭކަމަށާއި އެކަންކަން ރައްޔިތުންނަށް ކޮށްދެއްވަން ބޭނުންފުޅުވާކަމަށް އާޒިމާ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، މާލޭގެ ސަރަޙައްދަށް އަންނަމުންމިދާ ބަދަލުތަކާއެކު ރާއްޖޭގެ އަތޮޅުތަކާއި، ރަށްރަށުގެ ހިންގުމުގެ އޮނިގަނޑު އިތުރަށް ވަރުގަދަކޮށް ހިންގުން ހަރުދަނާކުރުމުގެ ބޭނުންތެރިކަން ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންކަން ފާހަގަކުރައްވަމުން އާޒިމާ ވިދާޅުވީ ކައުންސިލް އަދި މޭޔަރުގެ އޮފީހާއި ސަރުކާރާއި ދެމެދު ހިނގަމުންދިޔަ ދެބަސްވުމާއި ޖެއްސުންކުރުމުގެ ވިސްނުނުންތަކުގެ ތެރެއިން މާލޭގެ ސަރަޙައްދުގެ ތަރައްޤީއާއި ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތްތައް ވަނީ ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފައިކަމަށެވެ.

Advertisement
Allied — Dhen Online (box)

އޭގެ ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލަތަކާއި، ރައްޔިތުންނާއި މުދަލާއި ގެދޮރުގެ ރައްކައުތެރިކަމާއި، ފުނިޖެހެމުންދާ އިޖްތިމާޢީ އަދި ޞިއްޙި މައްސަލަތަކަކީ، މުއައްސަސާތަކުގެ ސިޔާސީ ހަނގުރާމައަކަށްވީ ނަމަވެސް އެއި ރައްޔިތުންގެ ޒަރޫރީ ބޭނުންތަކާއި، އާޢިލީ ދިރިއުޅުމާ ސީދާ ގުޅިފައިވާ ބޮޑެތި މައްސަލަތައްކަން އާޒިމާ ފާހަގަކުރެއްވިއެވެ.

އެހެންކަމުން، މާކލޭގެ މޭޔަރުކަން ކުރެއްވި ތަޢުލީމީ އަދި ޤާބިލު ބޭފުޅަކު، ރާއްޖޭގެ ރިޔާސަތަށް ވަޑައިގަންނަވާއިރު، އެމަނިކުފާނުގެ ޤައުމީ ވިސްނުންފުޅުތަކާއެކު މާލޭގައި ހުރި އެފަދަ ބޮޑެތި މައްސަލަތައް ޙައްލުކުރެވޭނެ އެކަށޭނެ ދިވެހި ދަރިއަކު މޭޔަރުކަމުގެ މަޤާމަށް އިސްކުރުމަކީ އެންމެ ފައިދާ ހުރި ގޮތްކަމަށް ވާނެކަމަށް އާޒިމާ ވިދާޅުވިއެވެ.

އެހެންކަމުން އެކަންކަން ކުރުމުގައި އާޒިމާއަކީ ތެދުވެރިކަމާއި މުރާލިކަމާއެކު ރެޔާއި ދުވާލު ރައްޔިތުންގެ ޚިދުމަތުގައި ހުންނަވާނެ ބޭފުޅެއްކަމަށާއި ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އިޚްލާސްތެރިކަމާއެކު މަސައްކަތްކުރައްވާނެކަމަށް އާޒިމާ ވިދާޅުވެފައިވެއެވެ. އަދި އެ ކަން ކުރުމަށް ހުރިހާ ބޭފުޅުންގެ ތާއީދަށް އާޒިމާވަނީ އެދިވަޑައިގެންފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް