ޚަބަރު

ވިނަރެސް މަޝްރޫޢުއިން ފްލެޓު ގަތުމަށް މި މަހު 5 ގައި ހުޅުވާލަނީ

ޙައްވާ އިނާޝާ ، ދެން އޮންލައިން

ވިނަރެސް މަޝްރޫއިން ފްލެޓް ގަތުމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު މި މަހު ފަހެއްގައި ހުޅުވާލުމަށް ނިންމައިފިއެވެ.

Ads by Hajj Corporation

މިކަން ހާމަކޮށް އާބަންކޯ އިން މިއަދު ވިދާޅުވީ ވިނަރެސް ފްލެޓުތައް ގަތުމަށް ފޯމު ހުށަހެޅުމަށް ހުޅުވާލާފައި ވަނީ އޮންލައިން ޕޯޓަލެއް މެދުވެރިކޮށް ކަމަށެވެ. އަދި ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 3:00 އާ ދެމެދު ފޯމު ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

އާބަންކޯ އިން ވިދާޅުވީ ފޯމު ހުށަހެޅުން ބަންދު ވާނީ ވިއްކަން ކަނޑައަޅާފައިވާ ހުރިހާ ފްލެޓަކަށް ފޯމު ހުށަހަޅާ ނިމުމުން ކަމަށެވެ.

މީގެ އިތުރުން އާބަންކޯ އިން ވިދާޅުވީ މި ފްލެޓްތަކަށް އެދި ފޯމް ހުށަހެޅުމަށް ހުޅުވާލަން ހަމަޖެހިފައި ވަނީ 5 ނޮވެމްބަރ 2023 ވާ އާދިއްތަ ދުވަހު އެ ކޯޕަރޭޝަން ގެ އޮންލައިން ޕޯރޓަލް މެދުވެރިކޮށް ކަމަށެވެ.

ވިނަރެސް މަޝްރޫއިން ފްލެޓް ވިއްކުމަށް މިފަހަރު ހުޅުވާލާ ފުރުސަތުގައި ވިއްކުމަށް ކަނޑައެޅިފައިވާ ފްލެޓް ތަކަކީ 15 ސެޕްޓެމްބަރ 2022 ގެ ނިޔަލަށް ވިއްކި ފްލެޓްތަކަށްފަހު ބާކީ ހުރި ފްލެޓްތަކާއި، 31 އޮކްޓޯބަރ 2023 ގެ ނިޔަލަށް ފްލެޓް ގަތުމަށް ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން

މާލީ ޤާބިލިއްޔަތުކަން ފުރިހަމަނުވާ ފަރާތްތަކާއި ޔުނިޓް އިހްތިޔާރުކުރުމަށް ދައުވަތު ދިނުމަށްފަހު ޔުނިޓް އިހްތިޔާރު ކުރުމަށް ހާޒިރުވެފައި ނުވާ ފަރާތްތަކުގެ ފޯމް ބާތިލްކޮށް ބާކީ ނުވިކި ހުރި ޔުނިޓްތަކެއް ކަމަށް އާބަންކޯ އިން ހާމަކުރެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!