ޚަބަރު ރައްޔިތުންގެ މަޖިލިސް ސިޔާސީ ޝަރުޢީ ދާއިރާ

ކޯޓުން ރައީސް ނަޝީދުގެ މައްސަލައިގައި ގޮތް ނިންމުމުގެ ކުރިން މަޖިލީހުން ގޮތެއް ނިންމުމަކީ ޑިމޮކްރެޓިކް ހަމަތަކަށް ފެތޭ ކަމެއް ނޫން: އާޒިމް

ޙައްވާ އިނާޝާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލައިގައި ސްޕްރީމް ކޯޓުން ގޮތެއް ނިންމުމުގެ ކުރިން މަޖިލީހުން ގޮތެއް ނިންމުމަކީ ޑިމޮކްރެޓިކް ހަމަތަކަށް ފެތޭ ކަމެއް ނޫން ކަމަށް ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެމްބަރު ޢަލީ އާޒިމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އާޒިމް މިހެން ވިދާޅުވީ މަޖިލީހުގެ އަމީންއާންމް އަށް އެޑްރެސް ކުރައްވާ އިއްޔެ ފޮނުވި ސިޓީއެއްގައެވެ.

އެގޮތުން އާޒިމްގެ ސިޓީގައި ވިދާޅުވީ ސުޕްރީމް ކޯޓުން އެ މައްސަލައާ މެދު ބަހުސްކޮށް ގޮތެއް ނިންމުމުގެ ކުރިން މަޖިލީހުން އެ މައްސަލައިގައި ގޮތެއް ނިންމުމަކީ މަޖިލީހުން އަމަލު ކުރަމުން އަންނަ އުސޫލުތަކާއި ޑިމޮކްރެޓިކް ހަމަތަކަށް ވެސް ފެތޭ ކަމެއް ނޫން ކަމަށެވެ.

ހަމަ އެހެންމެ ރައްޔިތުންގެ މަޖިލީހުން ބަހުސްކޮށް ގޮތެއް ނިންމުމަކީ ސުޕްރީމް ކޯޓުގައި އޮތް މައްސަލައިގައި ކޯޓަށް ނުފޫޒު ފޯރާނޭ މަސައްކަތެއް ކަމުގައި ދެކޭ ކަމުގައި އާޒިމް ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން ސްޕްރީމް ކޯޓުން މި މައްސަލައާމެދު ގޮތެއް ކަނޑައަޅަންދެން މި މައްސަލަ އެޖެންޑާ ކުރެވޭނެ ކަމަށް ނުދެކޭ ކަމަށް ވެސް އާޒިމް ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީގެ 48 މެންބަރުންގެ ސޮޔާއެކު އެ ޕާޓީން ހުށަހެޅި މައްސަލަ މަޖިލީހުގައި އެޖެންޑާކުރި ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އީވާ ސަލާމްގައި ހުންނެވުމުން ޖަލްސާތައް ވަނީ ކެންސަލްކޮށްފައެވެ. އަދި މި މައްސަލަ ކުރިއަށް ނުދާ ކަމަށް ބުނެ އިތުރުގޮތެއް ހޯދުމަށް އެމްޑީޕީން މިހާރު ވަނީ ސްޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ވެސް ހުށަހަޅައިފައެވެ.

  1. ފާތުން

    އަލީއާޒިމަށްބުނެލަންއޮތީޑިމޮކުރަށީގެހަމަތައްކަލޭއެހެންރާއްޖެއަކުގެންގުޅެމީސަތޭކަޕަސަންޓްމުސްލިމުގައުމެއްކަލޭގޭގަ
    ތިޑިމޮކުރަށީފަތުރާ

  2. ދެންކިޔާކޯޓޭ ދެންބުނޭބޯޓޭ ހަމައެއް ލަމައެއް އޮތްބައެއްނޫތި ލާދީބާގަޑު.

  3. އިސްތިއުފާއޭ

    އަދުރޭ ހަދަނީ ރޯބުހުތާނު ދޮގޭ ރައީސް ޔާމީން ބައިވެރިވަޑައިގަންނަވާ ޖަލްސާ އަށް ދާން ޖެހޭނެއޭ މުއިއްޒު އެއާރޕޯރޓަށް ދާތީވެ ޕީޕީއެމް ޕީއެންސީގެ އެންމެ އިސްމީހުން އަންބާ ކިޔާ ފައި އެއާރޕޯރޓަށް ދާން ނުޖެހޭނެއޭ އަދުރޭ ފޯން ކޮށްފައި ބުނެގެންނޭ ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ވެސް ނިކުތީ އަދުރޭގެ ދަރިއަށް ޓޫރިޒަމް މިނިސްޓަރު ކަން ދޭތީވެ އަދުރޭ ވަނީ ޕީޕީއެމް ޕީއެންސީ މެމްބަރުންނަށް ހަރާމްކޯރުވެ ބަތާހަރާމީ ވެފައޭ އަދުރޭ އަކީ ބޮޑު ވަގެކޭ އަދުރޭ ތިޔާއީ ބަތާހަރާމީ ހަރާމްކޯރެކޭ އަދުރޭ ހަދަނީ ރޯބުހުތާނު ދޮގޭ އަދުރޭ ތަ އެއްޗެއް ބޯންވީއެއް ނޫންތޭ ތަ އަމައޭ ކިޔާ ބަލަ އަދުރޭ އިސްތިއުފާ އަދުރޭ އިސްތިއުފާ އަދުރޭ އިސްތިއުފާ އަދުރޭ އިސްތިއުފާ އަދުރޭ އިސްތިއުފާ އަދުރޭ އިސްތިއުފާ އަދުރޭ އިސްތިއުފާ އަދުރޭ އިސްތިއުފާ އަދުރޭ އިސްތިއުފާ އަދުރޭ އިސްތިއުފާ އަދުރޭ އިސްތިއުފާ އަދުރޭ އިސްތިއުފާ އަދުރޭ އިސްތިއުފާ އަދުރޭ އިސްތިއުފާ އަދުރޭ އިސްތިއުފާ އަދުރޭ އިސްތިއުފާ އަދުރޭ އިސްތިއުފާ އަދުރޭ އިސްތިއުފާ އަދުރޭ އިސްތިއުފާ އަދުރޭ އިސްތިއުފާ އަދުރޭ އިސްތިއުފާ އަދުރޭ އިސްތިއުފާ އަދުރޭ އިސްތިއުފާ