ޕީއެންސީއަށް މެންބަރުން އިތުރުކުރަނީ އެއްގޮތަކަށް ވެސް ދެޕާޓީގެ ޚިޔާލުތަފާތުވުމެއް އޮވެގެނެއްނޫން: އަދުރޭ

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިޞްބަތްވެވޮޑިގެންވާ ޕީއެންސީއަށް މެންބަރުން އިތުރުކުރަނީ ޕީޕީއެމް އަދި ޕީއެންސީގައި ޚިޔާލުތަފާތުވުމެއް އޮވެގެނެއްނޫންކަމަށް ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމް/ޕީއެންސީ ލީޑާޝިޕްގެ ބޭފުޅުން އައްޑޫ ސިޓީއަށް ފުރާވަޑައިގަތުމުގެ ކުރިން މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވަމުން ޢަބްދުއްރަހީމް ވިދާޅުވީ، އައްޑޫ ސިޓީއަށް ލީޑަރޝިޕުން އެކުރައްވާ ދަތުރުފުޅަކީ އެ ސިޓީގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ރައްޔިތުންގެ ހާލުއަހުވާލު ބެއްލެވުމުގެ ގޮތުންނާއި އަދި ދެ ޕާޓީއަށް މެންބަރުން އިތުރުކުރުމަށް ކުރައްވާ ދަތުރުފުޅެއްކަމަށެވެ.
ޢަބްދުއްރަހީމް ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކީ ވަރަށް މުހިންމު އިންތިޚާބެއްކަމަށާއި އެ އިންތިޚާބުގައި ޕީޕީއެމް/ޕީއެންސީން މެޖޯރިޓީ ކަށަވަރުކުރައްވަން ޖެހޭކަމަށެވެ.
ޕީއެންސީއަށް ޕީއެންސީއަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ފަށާފައިވަނީ ޕީޕީއެމާ އެއްވެސް ހިޔާލުތަފާތުވުމެއް އޮވެގެން ނޫން ކަމަށްއަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމްގެ މެމްބަރުން ޕީއެންސީގެ ފޯމު ފުރާ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް ޔާމީން ކަންބޮޑުވުން ފާޅުކުރައްވާފައިވަނިކޮށެވެ.
އަދި ޑރ. މުޢިއްޒު ވެސް ވަނީ ޕީއެންސީ އަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތް ކުރާއިރު، އެ ޕާޓީއާ ގުޅިފައިވާ ޕީޕީއެމުން މެމްބަރުން ވަކިނުކުރަން ސަމާލުވާން އެދިވަޑައިގެންފައެވެ. އެހެންކަމުން އަބްދުއްރަހީމް ވިދާޅުވީ، ޕީއެންސީގެ މެންބަރުން އިތުރުކުރުމަށް މަސައްކަތް ކުރަނީ އެއީ ވެރިކަން ކުރާ ޕާޓީއަށް ވާތީ އިންތިހާބީ ރައީސްގެ އިރުޝާދުގެ ދަށުން ކަމަށާއި، ނިމުނު ރިޔާސީ އިންތިޚާބު ޕީއެންސީގެ ކެންޑިޑޭޓު މުއިއްޒު ކާމިޔާބުކުރެއްވި އިރު އެޕާޓީގައި ތިބީ 3،000 އެއްހާ މެންބަރުން ކަމަށެވެ. އަދި އަމާޒަކީ ޕީއެންސީގައި 10،000 މެންބަރުން ހަމަކުރުންކަމަށްވެސް އަބްދުއްރަޙިމް ވިދާޅުވިއެވެ.
އެހެންނަމަވެސް ރައީސް ޔާމީން އަދި ޑރ. މުޢިއްޒުވެސް އިރުޝާދު ދެއްވާފައިވާ ގޮތަށް އެ މަސައްކަތް ކުރައްވަނީ، ޕީޕީއެމްގައި ތިއްބެވި އެއްވެސް މެމްބަރަކު ޕީއެންސީއަށް ބަދަލުނުކޮށް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
"އެއީ އެއްގޮތަކަށް ވެސް ޕީޕީއެމާއި ޕީއެންސީގެ ހިޔާލުތަފާތުވުމެއް އޮވެގެން ހިނގާ ކަމެއް ނޫން،" އެބޭފުޅާ ވިދާޅުވި އެވެ.
ހަމައެއާއެކު، މުސްތަޤުބަލުގައި އެ ދެޕާޓީން ކުރިއަށްދާނީ އެކުގައި ކަމަށާއި ޕީޕީއެމާއި ޕީއެންސީ އަކީ އެއް ފިކުރެއްގެ ދެ ޕާޓީ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.






ކޮމެންޓް