ޚަބަރު ދުނިޔެ

ނޭޕާލަށް އައި ބާރުގަދަ ބިންހެލުމުގައި 150 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

އާއިޝަތު ޝައުނާ ، ދެން އޮންލައިން
ފޮޓޯ: ބީބީސީ ނޫސް

ނޭޕާލަށް އައި ބާރުގަދަ ބިންހެލުމެއްގައި 150 އަށްވުރެ ގިނަ މީހުން މަރުވެއްޖެކަމަށް ރިޕޯޓުތައް ބުނެފިއެވެ.

Ads by Sosun Fihaara
Ads by Sosun Fihaara

ރޭގެ ވަގުތެއްގައި ނޭޕާލުގެ ހުޅަނގު ސަރަޙައްދަށް އައި މި ބިންހެލުމަކީ 6.4 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމަކަށްވާއިރު މިއީ 2015 ވަނަ އަހަރަށް ފަހު ނޭޕާލަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ.

މަޢުލޫމާތުލިބޭގޮތުގައި، ބިންހެލުން އައިސްފައި ވަނީ ކަތުމަންޑޫގެ ހުޅަނގުން ގާތްގަނޑަކަށް 500 ކިލޯމީޓަރު ދުރުގައި އޮންނަ ޖަޖަ ކޯޓް ޑިސްޓްރިކްޓަށެވެ. ބިންހެލުން އައި ކަމަށް ރެކޯޑުކޮށްފައިވާ ގަޑިއަކީ ރޭ 11:47 ހާއިރުއެވެ. އެއީ ރާއްޖެ ގަޑިން 11 ޖެހިއިރުއެވެ.

ބިންހެލުން އައި ސަރަޙައްދުތަކުގެ މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި އެހީތެރިވުމަށް ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަމުންދާއިރު، ނޭޕާލްގެ ވެރިރަށާއި ދިއްލީ ގެ އިތުރުން އަވަށްޓެރި އިންޑިއާގެ ސިޓީތަކަށް ވެސް އެ ބާރުގަދަ ބިންހެލުމެއް އިހުސާސް ކުރެވުނުކަމަށް މަޢުލޫމާތު ލިބެއެވެ.

ނޭޕާލްގެ އަސްކަރިއްޔާގެ ތަރުޖަމާނާ ޙަވާލާދީ ބީބީސީ ނޫހުން ވިދާޅުވީ 100 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށާއި ޖަޖަރުކޮޓްގެ ހޮސްޕިޓަލް އޮތީ ޒަހަމްވި މީހުންނާ އެކު ފުރިފައިކަމަށެވެ.

ބިންހެލުން އައިތާ ގަޑިއެއްހާއިރު ތެރޭގައި އިތުރު ތިން ބިންހެލުމެއް ޖެހިޖެހިގެން އައިކަމަށާއި، އިތުރު ބިންހެލުމެއް އައިސް ގެތަކަށް ގެއްލުންވެދާނެ ކަމުގެ ބިރު އޮތުމުން ގިނަ ބަޔަކު ރޭގަނޑުގެ ބާކީ ބައި ހޭދަކޮށްފައިވަނީ ހާމަކަންބޮޑު ތަންތަނުގައި ކަމަށްވެއެވެ.

މީޑިއާތަކުގައި ދައުރުވަމުންދާ ވީޑިއޯ ފުޓޭޖްތަކުން ފެންނަ ގޮތުގައި ބިންހެލުމުގެ ސަބަބުން އެތައް ގެއެއް ބިމާ ހަމަވެފައިވާއިރު، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ހޯދުމުގެ މަސައްކަތްތައް ކެނޑިނޭޅި ކުރަމުންދާތައް ފެނިފައިވެއެވެ.

މި ހާދިސާއާއި ގުޅިގެން ނޭފާލުގައި ހުންނަ ޔުނިސެފުން ވިދާޅުވީ ބިންހެލުމުގެ ސަބަބުން ކުޑަކުދިންނާއި އާއިލާތަކަށް ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ނޭޕާލްގެ ބޮޑުވަޒީރު ޕުޝްޕާ ކަމާލް ދަހާލްވަނީ މިއަދު އެ ސަރަހައްދަށް ވަޑައިގެން އެ ސަރަހައްދުގައި ދިރިއުޅުނު ރައްޔިތުންނާއި ބައްދަލުކޮށް އެ ހާދިސާއާއި ގުޅިގެން ހިތާމަ ފާޅުކޮށްފައެވެ. އެބޭފުޅާ ވިދާޅުވީ ސަލާމަތީ އިދާރާތަކަށް ވަގުތުން ރެސްކިއު އެންޑް ރިލީފް އޮޕަރޭޝަންތައް ފެށުމަށް އަންގަވާފައިވާނެ ކަމަށެވެ.

ބޮޑުވަޒީރު މިހެން ވިދާޅުވި ނަމަވެސް ބިންހެލުމާ ގުޅިގެން ބިންގަނޑު ކަނޑައިގެން ގޮސްފައިވާތީ އެ ސަރަހައްދުގެ މަގުތައްވަނީ ބަންދުވެފައެވެ. އޭގެ ސަބަބުން ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކަށް ދަނީ ހުރަސް އަޅަމުންނެވެ.

Ads by Ooredoo
  1. ޒަލްޒަލާގެ ހަބަރެއް އިވިއްޖެނަމަ ކީރިތި ރަސޫލާ صلى الله عليه وسلم ނަމާދުކޮށް ﷲ ގިނައިން ޒިކުރު ތަސްބީހަ ދަންނަވާކަމަށް ވާރުދުވެފައިވޭ !