ޚަބަރު

30 މިނެޓް ނުވަނީސް ވިނަރެސް އިން ވިއްކަން ހުޅުވާލި ހުރިހާ ފްލެޓެއް ވިކިއްޖެ

ޙައްވާ އިނާޝާ ، ދެން އޮންލައިން

ވިނަރެސް މަޝްރޫޢުގެ ފްލެޓްތަކުގެ ތެރެއިން ނުވިކި ހުރި ފްލެޓްތައް ވިއްކަން ހުޅުވާލިތަނާ ބައިގަޑިއިރު ތެރޭގައި ހުރިހާ ފުލެޓެއް ވިކި ހުސްވެއްޖެއެވެ.

Ads by MWSC

މިކަން ހާމަކޮށް އާބަންކޯގެ މީޑިއާ އޮފިޝަލް އަލީ މަޝާރު "ދެން އޮންލައިން" އަށް މަޢުލޫމާތު ދެމުން ވިދާޅުވީ ވިނަރެސް މަޝްރޫޢު އިން މިއަދު ވިއްކަން ހުޅުވާލާފައިވާ 123 ހައުސިން ޔުނިޓު ކަމަށެވެ.

އަދި މި ހައުސިން ޔުނިޓުތައް ވިއްކަން ހުޅުވާލިތާ 30 މިނިޓު ވެސް ނުވަނީސް ވިކިފައިވާ ކަމަށް މަޝާރު ވަނީ ވިދާޅުވެފައެވެ.

ވިނަރެސް މަޝްރޫޢު އިން ހައުސިން ޔުނިޓު ގަތުމަށް ހުޅުވާލާފައި ވަނީ މިއަދު ހެނދުނު 10:00ގައި އާބަންކޯގެ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. މިގޮތުން ބައިގަޑި އިރު ތެރޭގައި ނުވިކި ހުރި ހައުސިން ޔުނިޓުތަކުގެ އަދަދަށް ފޯމު ހުށައެޅުމުގެ ސަބަބުން އެ ފުރުޞަތު މިހާރު ވަނީ ބަންދުކޮށްފައެވެ.

ވިނަރެސް މަޝްރޫޢު އިން ފްލެޓް ވިއްކުމަށް މިއަދި ހުޅުވާލި ފުރުސަތުގައި ވިއްކުމަށް ކަނޑައަޅާފައިވާ ފްލެޓް ތަކަކީ 15 ސެޕްޓެމްބަރ 2022 ގެ ނިޔަލަށް ވިއްކި ފްލެޓްތަކަށްފަހު ބާކީ ހުރި ފްލެޓްތަކާއި، 31 އޮކްޓޯބަރ 2023 ގެ ނިޔަލަށް ފްލެޓް ގަތުމަށް ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން މާލީ ޤާބިލިއްޔަތުކަން ފުރިހަމަނުވާ ފަރާތްތަކާއި ޔުނިޓް އިހްތިޔާރު ކުރުމަށް ދައުވަތު ދިނުމަށްފަހު ޔުނިޓް އިހްތިޔާރު ކުރުމަށް ހާޒިރުވެފައި ނުވާ ފަރާތްތަކުގެ ފޯމް ބާތިލްކޮށް ބާކީ ނުވިކި ހުރި ޔުނިޓްތަކެއް ކަމަށް އާބަންކޯ އިން ހާމަކުރެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!