ޚަބަރު

އަލިފުށީ ރައްޔިތުންގެ ފަރާތުން ފަލަސްތީނަށް 201,000 އަށްވުރެ ރުފިޔާ

ރައުފާ ރަޝީދު ، ދެން އޮންލައިން

ރ. އަލިފުށި ރައްޔިތުން ގުޅިގެން ހިންގި ފަންޑް ރެއިސިން ހަރަކާތުގައި 201,000 އަށްވުރެ ގިނަ ރުފިޔާ އެއްކޮށްފިއެވެ.

Ads by STELCO

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)އިން ބުނީ ޣައްޒާ އެމަޖެންސީ ރިލީފް ފަންޑަށް އަލިފުށީ ރައްޔިތުންގެ ފަރާތުން 201,610 ރުފިޔާ ލިބިފައިވާ ކަމަށެވެ.

އަދި އެފަދަ ކަންތައްތަކުގައި ރައްޔިތުން ދެއްވާ އެއްބާރުލުމާއި އިސްނެގުމަކީ އައިއޭސީން ބަލައިގަންނަ އަދި އެކަމަށްޓަކައި ޝުކުރުވެރިވާ ކަންތައްތައް ކަމަށާއި ދެއްވި އެހީ އޭގެ ހައްޤުވެރި ފަރާތައް ފޯރުކޯށްދީ އޭގެ ތަފްސީލް ހާމަކުރާނެ ކަމުގެ ޔަގީންކަން އައިއޭސީން ވަނީ ދީފައެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އުދުވާންތަކުގައި ޝަހީދު ކޮށްލާފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ ޢަދަދު ވަނީ 9,488 އަށް އުފުލިފައެވެ. އޭގެ ތެރޭގައި ކުށެއް ނެތް 3,760 ކުޑަކުދިންނާއި 2,326 އަންހެނުންގެ އިތުރުން އުމުރުން ދުވަސްވީ އެތަކެއް ސަތޭކަ ބަޔަކު ހިމެނެއެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 32,000 އަށް އުފުލިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!