ޚަބަރު

އެކަނިވެރި މައިންގެ އެލަވަންސް ދިނުމުގައި އިހުމާލުވާ މުވައްޒަފުންނަށް ފިޔަވަޅު އެޅުމަށް އަންގައިފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

އެކަނިވެރި މައިންގެ އެލަވަންސް ދިނުމުގައި އިހުމާލުވާ މުވައްޒަފުންނާމެދު ފިޔަވަޅު އެޅުމަށް އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ އަންގަވައިފިއެވެ.

Ads by MWSC

އޮޑިޓަ ޖެނެރަލް ނިޔާޒީ މިގޮތަށް އަންގަވާފައި ވަނީ އުސޫލާ ހިލާފަށް 93،000ރ. ދީފައިވާ މައްސަލައެއް ފެންމަތިވެފައިވާތީ މިދިޔަ ހަފުތާގައި ނެރުއްވި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އޮޑިޓް ރިޕޯޓުގައެވެ.

އެގޮތުން އެ ރިޕޯޓުގައިވާ ގޮތުން ކައިވެނި ކޮށްގެން އުޅޭ މީހުންނަށް އެ އެލަވަންސް ނުލިބޭ ގޮތަށް ގަވާއިދުގައި އޮތަސް ކައިވެނިކޮށްގެން ތިބި ބައެއް މީހުންނަށް އެ ފައިސާ ދީފައިވާކަން ފެމިލީ ކޯޓު މެދުވެރިކޮށް ހޯދި މަޢުލޫމާތުން ކަށަވަރުވެފައިވާކަން ހާމަކޮށްފައި ވެެއެވެ.

ހަމަ އެހެންމެ އެ ރިޕޯޓުގައި ބުނީ އެގޮތަށް ދިމާ ވަނީ އެލަވަންސް ދިނުމުގެ ކުރިން ކައިވެންޏާއި ވަރީގެ މަޢުލޫމާތު ކޯޓުތައް މެދުވެރިކޮށް ބެލޭނެ ފުރިހަމަ ނިޒާމެއް ޤާއިމް ކޮށްފައި ނެތުމުން ކަމަށެވެ.

އެހެން ކަމުން އެ ރިޕޯޓުގައި އޮޑިޓަ ޖެނެރަލް އަންގަވާފައި ވަނީ އެކަނިވެރި މައިންގެ އެލަވަންސް ދިނުމުގައި އިހުމާލުވާ މުވައްޒަފުންނާ މެދު ފިޔަވަޅު އެޅުމަށާއި ގެއްލުނު ފައިސާ ދައުލަތަށް އަނބުރާ ހޯދުމަށެވެ.

މީގެ އިތުރުން ދައުލަތުގެ މުވައްޒަފުންގެ އިހުމާލުން ދައުލަތަށް ލިބޭ މާލީ ގެއްލުންތަކަށް މުވައްޒަފުން ޒިންމާވާން ޖެހޭނެ ކަމަށް ވެސް އޮޑިޓާ ޖެނެރަލް ވިދާޅުވެފައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!