ޓެރަރިޒަމްގެ ކުުށުގައި އަމީން 27 އަހަރަށް ޖަލަށް
އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ރާއްޖޭގެ ލީޑަރު ކަމަށް ފުލުހުން ތުހުމަތުކުރާ، ޏ. ފުވައްމުލަކު/ މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީންގެ ޓެރަރިޒަމްގެ ކުުށް ސާބިތުވެ 27 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
އަމީންގެ މައްޗަށް ވަނީ ޓެރަރިސްޓް އަމަލެއް ކުރުމަށް ރޭވުމާއި ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށް ސާބިތުވެފައެވެ.
އަމީންގެ މައްޗަށް ކުށް ސާބިތު ކުރުމަށް ދައުލަތުން ވަނީ ފަސް ސިއްރު ހެކިވެރިއަކާއި އެމެރިކާގެ ސިއްރު ތިން އިންޓެލިޖެންސް ރިޕޯޓާއި އަމީންގެ ފޯނާއި އެހެނިހެން ތަކެތި ތަހުލީލު ކުރި ފުލުހުން ހެކީގެ ގޮތުގައި ހުށަހަޅާފައެވެ.
ނަމަވެސް ދައުވާތަކުން ދިފާއުވުމަށް އަމީންގެ ފަރާތުން އެއްވެސް ހެއްކެއް ހުށަހަޅާފައެއްނުވެއެވެ.
އަމީންއާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގެ މައްޗަށް ރިއާޔަތްކޮށް އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ކުރި 27 އަހަރުގެ ޖަލު ހުކުމުން އޭނާގެ މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ބަންދުގައި ހަތަރު އަހަރު ހޭދަކޮށްފައި ވާތީ، ދެން އޭނާ ތަންފީޒު ކުރަން ޖެހޭނެ ޖަލު އަދަބަކީ 23 އަހަރު ކަމަށް ކޯޓުން ވަނީ ނިންމާފައެވެ.
ޓެރަރިޒަމްގެ ކުށް ސާބިތުވެ 27 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ އަމީން އަކީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ވެސް ހިމެނޭ މީހެކެވެ.
އެމެރިކާ އަކީ ޓެރެރިސްޓް ޖަމާއަތްތަކަށް އެހީވާ ޤައުމެއް އެމީހުންގެ ހެކިބަސް މުސްލިމުންގެ މައްޗަށް ޤަބޫލެއް ނުކުރެވޭނެ !
ތިބުނީހެޔޮބަހެއް ހަމަގައިމުވެސް އެމެރިކާއި އިޒުރޭލަކީ ޓެރެރިސްޓުން ވީމާ ތިހުްބާތިލް ކުރެވޭނެ!
ޚުދު އެމެރިކާ އަކީ ނިރުބަވެރިސަރުކާރެއް. އިޒްރޭލު އަކީ ވެސް ނިރުބަވެރި ދައުލަތެއް. ޔަހޫދީ ޒައިނުސްޓުންނަކީ އެންމެ ބޮޑު ނުރުބަވެރި ޖަމާޢަތް. މިކަން ކަލެމެންވެސް ބަލައިގަނޭ. އެފަދަ ބަޔަކަށް ވަގިވެރިވާ ބައެއް އެމެރިކާ އަކީ.
އެކުދިންނަށް ބޮޑެތި އަދަބުދީ ހިތްތަކުގައި ނަފުރަތުގެ އަލިފާން އިތުރު ކުރުމަށްވުރއ ޖެޔޮ އިލްމުން ނަސޭހަތްދީ އިސްލާހު ވުމުގެ ފުރުސަތުދީ އަދަބު ލުއިކޮށްދިނުމަކީ ދައުލަތުން ވިސްނަން ޖެހޭ ކަމެއް. އެ ކުދިން އެމަގަށްދާނީ ކޮންމެވެސް ބައެއްގެ އިހުމާލުންކަން ޔަޤީން