ޚަބަރު

އިސްމަޤާމުތަކަށް އައްޔަންކުރައްވާނީ ކަންކަން ކުރަން އެހެން މީހެއްގެ "އެޕްރޫވަލް" ހޯދަން ނުޖެހޭ މީހުން: ރައީސް ޑރ. މުޢިއްޒު

އާއިޝަތު ޝައުނާ ، ދެން އޮންލައިން

އިންތޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އިސް މަޤާމުތައް އައްޔަންކުރައްވާނީ އެ މަނިކުފާނަށް އިތުބާރާއި ޔަޤީންކަން އޮތް ބޭފުޅުންކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

Ads by MWSC

ޖުމްހޫރީ ދުވަހުގެ މުނާޞަބަތުގައި ޓީވީއެމްގެ "ދިވެހިންގެ ރާއްޖެ" ޕްރޮގްރާމަށް ޑރ. މުޢިއްޒު ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބަވާނީ ކަންކަމަށް އިރުޝާދުދެއްވުމުން އެހެން ބޭފުޅުންގެ އަރިހުން "އެޕްރޫވަލް" ހޯއްދަވަންނުޖެހޭ ފަދަ ތަޢުލީމީ ޤާބިލު ބޭފުޅުންކަމަށާއި އޭގެ ތެރޭގައި އަންހެން ކަނބަލުން ގިނަވާނެކަމަށެވެ.

"މިއިން ކޮންމެ ބޭފުޅަކީ އަޅުގަނޑަށް އެބޭފުޅުންނާމެދު ފުރިހަމަ ޔަޤީންކަން އޮތް ބޭފުޅުން... އަޅުގަނޑު ބޭނުން އަޅުގަނޑުގެ ސަރުކާރަކީ ސާފު ސަރުކާރަކަށް ހަދަން. ކޮރަޕްޝަނަށް ހަމަ ހަޤީޤަތުގައިވެސް ނޫނެކޭ ބުނާނެ މި ސަރުކާރުން، ކެބިނެޓުގެ މެންބަރެއްވިޔަސް، އެމްޑީއެއްވިޔަސް ފުރުޞަތެއް ނުދެއްވާނެކަން. އަޅުގަނޑަށް ޔަޤީން އަޅުގަނޑު ނަގާފަ މިތިބަ އެއްވެސް ބޭފުޅަކު ކޮރަޕްޝަނަކަށް ފުރުޞަތެއް ނުދެއްވާނެކަން" ޑރ. މުޢިއްޒު ވިދާޅުވިއެވެ.

އެހެންކަމުން އެމަނިކުފާނުގެ ސަރުކާރު ވެގެންދާނީ، ސާފު ދެފުއް ފެންނަ ހިންގުންތެރި ސަރުކާރަކަށް ކަމަށާއި، ނަތީޖާ ނެރެދެވޭ ސަރުކާރަކަށް އެމަނިކުފާނުގެ ސަރުކާރު ވާނެކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން، ޑރ. މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރަކީ ރައްޔިތުންނާ ގާތުން ރައްޔިތުންނަށްޓަކައި ޚިދުމަތްކުރާ ސަރުކާރަކަށް ވާނެކަމަށާއި އެމަނިކުފާނުގެ ކެބިނެޓުގައި ބަންޑާރަނައިބާ އެކު، 22 ވުޒާރާ ހުންނާނެކަމަށެވެ.

އަދި ވުޒާރާތައް އިތުރުވަނީ، ބޮޑެތި ޕޯޓުފޯލިއޯތައް ހުރި ވުޒާރާތައް ފޯކަސް މަސައްކަތްތަކަށް ޚާއްސަކުރެވިގެންދާތީ ކަމަށާއި، ވުޒާރާތައް ޢަދަދުން އިތުރުވި ނަމަވެސް، އެފިޝިއެންޓް ސަރުކާރަކަށް އިސްކަންދެއްވައި، މިހާރު ވުޒާރާތައް ހިންގުމަށް ކުރާ ޚަރަދު އިތުރު ނުވާނެކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު، ކުރިންވެސް ވިދާޅުވެފައިވާ ގޮތަށް ސިޔާސީ މަޤާމުތައް 700 އަށް ވުރެ އިތުރުނުކުރައްވާނެކަމަށާއި، މުޅި ސަރުކާރުގެ އަމާޒަކަށް އަދި ފޯކަސްއަކަށް ވާނީ، ވަޢުދުތައް ޑެލިވަރކުރުންކަން ފާހަގަކުރައްވަމުން ޑރ. މުޢިއްޒު ވިދާޅުވީ، ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމަށް ރެޔާއި ދުވާލު މަސައްކަތްކުރައްވަން ޖެހުނަސް، މުޅި ޓީމު އެ ގޮތަށް މަސައްކަތްކުރައްވާނެކަމަށެވެ.

  1. ބަލާތި

    މުއިއްޒު އަށް ޔަގީން ކަން އޮންނަ މީހުންނޫން ވަޒީރުންނަށް ލާން ޖެހޭނީ ރައްޔިތުންނަށް ޔަގީން ކަން އޮންނަ މީހުންނޭ އެމަގާމް ތަކަށް ލާން ޖެހޭނީ ރައީސް ޔާމީން ވެރިކަމުގައި ބްރޯ އަށް ޓޫރިޒަމް މިނިސްޓަރު ކަން ދިނުން އެއީ ބޮޑު ގޯހެކޭ ދެން ޒަމީރު އަށް ޓޫރިޒަމް މިނިސްޓަރު ކަން ދިނުން އެއީ އަނެއް ގޯސް މުއިއްޒު ހަދާ އެންމެ ބޮޑު ގޯހަކީ އަދުރޭ ދަރިއަށް ފަތުރުވެރިކަމާއި ގުޅޭ ވަޒީރު ކަން ދިނުން އޭނާ އެއީ ޓޫރިޒަމް ގެ އަލިފުބާ ވެސް ދަންނަ މީހެއް ނޫނޭ ދެން މިނިސްޓްރީ ތައް އެކުލަވާލާފައިވަނީ ވެސް އެއްވެސް ނިޒާމެއްގެ ތެރޭން އެއްވެސް ރޭވުންތެރި ކަމެއް ހުރެގެން ނޫނޭ ތިޔާ އުފައްދާ އިންފްރާ މިނިސްޓްރީ އަކީ އެލިސަން ޖަނާ ބުނެގެން އުފައްދާ މިިނިސްޓްރީ އެކޭ ދެން މަސީގެ ބޮޑުންނަކީ އެއީ ބޮޑެތި ވަގުންނޭ މަސީގެ އެލިސަން ޖަނާ އަކީ ބޮޑު ވަގެކޭ އޭނާ މިހާރު ވެސް ދަރާ ތިބި މީހުންނަށް ފައިސާ ދީފިނަމަ އޭނާގެ ގެދޮރުވެސް ވިއްކަން ޖެހޭނެއޭ ދެން އަމިން ވެސް މީ އޭގެ އަނެއް ވަގޭ މަމެން ނުދަންނަ އާލާތުންނެއް ނޫނޭ މަސީގެ ބޮޑުން ނަށް ތިބެނީ މުއިއްޒު ބުނާ ގޮތަށް އެކަނި ހަދާ ވަޒީރުން ތިބެން ޖެހޭނީ މުއިއްޒުގެ އަމާބަފާ ތަރިކަ މުދާ ބަލަހައްޓާނަމަ އޭ ދިވެހިރާއްޖެ އަކީ އެއީ މުއިއްޒުގެ އަމާބަފާ ތަރިކަ މުދަލެއް ނޫނޭ ވަޒީރުންނަށް ލާން ޖެހޭނީ ރައްޔިތުން ވެސް ރުހޭ ރައްޔިތުންނާއި ގާތުން މަސައްކަތް ކުރަން ދަންނަ ވައްކަން ނުކުރާ މީހުންނަށޭ މަމެންނަށް ޔަގީނޭ މުއިއްޒު ވަޒީރު ކަން ދޭ ގިނަ އާލާތުން ގެއިން ބަދިގެއަށް ވެސް ދާނީ ކާރުގައޭ އަދި އެއް ނުފެނޭ މުއިއްޒުގެ ވަޒީރުން ނަކީ އެއީ ރައްޔިތުން ބޭނުންވާ ވަޒީރުން ކަމަށް އަދި އެއް ނުފެނެއޭ މުއިއްޒު ތިޔާ އީ އަދުރޭގެ ޕަޕެޓެކޭ ރައީސް ޔާމީންގެ ލަފާ މަތިން ވަޒީރުން ލުން އެއީ ގައުމަށް ފައިދާ ހުރި ގޮތަކީ މުއިއްޒު އަށް އަދި ވާނުވާ ނުވެސް އިނގޭނެއޭ މަމެން ހުވައޭ މުއިއްޒު އަތަށް ވެރިކަން ގޮވާނެއޭ އޭނާ ކަމަކަށް އޮންނާނީ ރާއްޖޭން ބޭރަށް ދަތުރު ކޮށް އޭނާގެ އަންހެނުން ބެބޫ ހެދިގެން ދަތުރު ކޮށް މަޖާ ކުރުމޭ ބަލަން ތިބެއްޗޭ…

  2. މުއިއްޒު މޮދީ އަށް އޭނާ ހުވާ ކުރާ ރަސްމިއްޔާތަށް ދައުވަތު ދެނީ އެއީ އޭނާ ހިތުން އިންޑިއާ އަށް ދައްކަން ޖެހޭ ލޯން ދައްކަން ޖެހޭ މުއްދަތު ފަސްކުރުމަށޭ އެކަން ކުރަން އޭނާ އެދޭއިރު އިންޑިއާ ސިފައިން ބާލަން އޭނާ އެދެން ޖެހޭ މޮދީ ގާތު ދެން ކިހިނެއް އިންޑިއާ ސިފައިން ބާލާނީ ނުވާނެ އެކަމެއް އަނެއްކޮޅުން ލޯން ދެއްކުމުގެ މުއްދަތު ފަސްކުރަނީ އެއީ ކަނޑުކޮހުން ކުރާނެ ކަމެކޭ ދައުލަތަށް ފައިސާ ވަންނާނެ ގޮތެކޭ ހޯދަން ޖެހޭނީ ޓެކްސް ބޮޑު ނުކޮށް އެކަން ކުރެވޭނެއޭ މާލެ ސަރަހައްދުގައި ހުރި ފަޅުތައް ހިއްކާ ބިން ތައް ވިއްކައިގެން ފަޅުތައް ނުހިއްކާ ފަޅު ތައް ވިއްކުމުން ފަޅުތަކުގެ އަގު ކުޑަވަނީ ފަޅު ތައް ވިއްކާ ފަޅު ތަކުން 1 ހެކްޓަރު އަދި 2 ހެކްޓަރު ބިން ވެސް ވިއްކޭނެއޭ ބޮޑު އަގުގައި އެގޮތުން މަހަކު 1 ބިލިއަން ޑޮލަރުގެ އާމްދަނީ އެއް ވެސް ލިބިދާނެ ކަމަށް އިގްތިސާދީ އިލްމްގެ ހިސާބު ތަކުން ދައްްކައޭ މުއިއްޒު އަކަށް ދުރު ނުވިސްނެއޭ އޭނާ ވިސްނަނީ އުނގުންނޭ މީހުން ދައްކާ ވާހަކަ އިން ވައްކަން ކުރަނީ އޭނާ އަކީ އަޑުއެހުމުން ވައްކަން ކުރާ މީހެކޭ މަމެން ހުވައޭ އޭނާގެ ވެރިކަން ދާނީ ޗޮކުންނޭ އަހަރު މެދަށް ދާއިރު ހަނޑޫ ކިލޯ އެއް ލިބޭނީ 50 ރުފިޔާ އަށް ބަލަން ތިބެއްޗޭ ދޮން މީހުން އަދި ވޯލްޑް ބޭންކް އަދި އައި އެމްއެފް އިން އަންނަ ކަނޑުކޮހުން ބުނާ ގޮތަށް ހެދި ގައުމެއް އަދި ބަނގުރޫޓް ވުން އިއުލާން ކުރުން ނޫން ކަމެއް ނުކުރެއޭ އޭނާ އަކީ ދުނިޔޭގެ ވާނުވާ ނޭގޭ މީހެކޭ…

  3. އެހެންތޭ

    ފުރަތަމަ ޑިގްރީ އެއް މައްސަލަ އެއް ނެތް ދޯ ދަ ކިއްލިތަޅާ އިން ނަގައިގެން ހުއްޓަސް އެއީ ދެން އެފަދަ މީހަކަށް ރާއްޖޭގެ ބޮޑު ވުޒާރާ އެއް ގެ ވަޒީރު ކަން ދޭން ޖެހޭނެ ކަމެއް ކަމަށޭ މުއިއްޒު ދެކެނީ އެކަން އެގޮތަށް ނުވާނެއޭ ޚާރިޖީ ވަޒީރަކަށް މުއިއްޒު ލާން ތިޔާ އުޅޭ މޫސާ ޒަމީރު އެއީ އޭނާ އެއީ ދުނިޔޭގައި އޮންނަނީ ކިތައް ކޮންޓިނެންޓް ކަން ވެސް ނުދަންނަ މީހެކޭ ރިޗަރޑް ހޮލްބްރޫކް ފަދަ މޮޅެތި މީހުން މިމާލޭގައި އެބަތިއްބޭ ޚާރިޖީ ދާއިރާ އިން ކިޔަވާ ތަޖްރިބާހުރި މީހުން އެބަތިއްބޭ ދެން މޫސާ ޒަމީރު ޚާރިޖީ ވަޒީރަކަށް ލަނީ އެއީ އިންޑިއާ އަތުން ކަޓް ކާލައިގެން އިންޑިއާ ސިފައިން އެހެން ނަމެއްގައި ބައިތިއްބާށޭ މުއިއްޒު ދަނީ ވަރަށް ބޮޑަށް ރައްޔިތުންނަށް އޮޅުވާލާ މަކަރާއި ހީލަތް ހަދަމުންނޭ…

  4. ނުވާނެއޭ

    އިންޑިއާ ސިފައިން ސުލްހަވެރިކޮށް ކުޅަދާނަ އެއް ނޫނޭ ކުރިއަށް އޮތް 100 އަހަރުން ވެސް ބާލަން އެކަން އެގޮތަށް ނުވާނެއޭ ރައީސް ޔާމީން ވެރިކަމުގައި އެމެން ގާތު ފައިބާން ބުނުމުން ނުފޭބި ބަޔަކު ދެން ސުލްހައި ގައި ނުފާބާނެއޭ އެއީ ޔަގީން ކަމެކޭ އިންޑިއާ ސިފައިން މިގައުމުން ބޭލޭނީ ދެ ވެރިއަކަށް އެއީ ރައީސް ޔާމީނަށް ދެން އެކަން ވާނީ އުމަރު ނަސީރަށް ދެން ނެތޭ އެކަން ވާނެ ރައީސަކު މުއިއްޒުގެ ވެރިކަމުގައި އިންޑިއާ ސިފައިން ނުބޭލޭނެއޭ ތަފާތު އުޒުރު އޭނާ ދައްކަނީއޭ މުއިއްޒު އަށް އިންޑިއާ ސިފައިން ވެސް ނުބޭލޭނެއޭ އަދި ވިއްކާލި ކަނޑު ވެސް އަތުނުލެވޭނެއޭ އެއީ ވާނޭ ކަމެއް ނޫނޭ އެކަން ނުވާނެއޭ މުއިއްޒު އަށް މުއިއްޒު އަކީ އެއަށް ވުރެން ރަނޑު މީހެކޭ އޭނާ އަށްވާނީ ބަދިގޭގައި ބަތްކައްކާ ކުޅުމޭ…

  5. ފަލަކުއަމީން

    އިކޮނޮމިކް މިނިސްޓަރާ ފޮރިން މިނިސްޓަރށް އައްޔަނުކުރަން ނިންމާފަ އެތިނބަ މީހުންނަކީ ޔާމީން ސަރުކާރުގަ ކޮރަޕްޓް ބަޔެއް ވ ސަަފުކޮށް އެބގޭތީ މިދެންނެވީ. ކުންފުނިތަކަށް ލައްވާ މީހުންގެ ތެރޭގައި ފަޒުލު ރަޝީދު އިބްރާހީމް އަބުދުއްރައްޒާގު ހަލީމު ފަދަޗމީހުންނަކީ ޔާމީން ސަރުކާރގަ ހުސް ކަރަޕްޓް ހިންގި މީހުން. މީ ފެންނަން އޮތް ހަގީގަތް މަނިކުފާނު ސަރުކާރު ތިވިދާޅުވާހެނެހ ނުވާނެ.

  6. ޔާމީންގެ އެޕްރޫވް ހޯދަންޖެހޭނެ