ޚަބަރު

ޑރ. މުޢިއްޒަކީ އެއްވެސް މީހަކާމެދު ހަސަދަވެރިވެ ނޫނީ ބަދަލުހިފުމުގެ ރޫޙެއް ގެންގުޅުއްވާނެ ބޭފުޅެއްނޫން: މެޑަމް ސާޖިދާ

އާއިޝަތު ޝައުނާ ، ދެން އޮންލައިން
ފޮޓޯ: ޔަޝާއު/ސޯޝަލް މީޑިއާ

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަކީ އެއްވެސް މީހަކާމެދު ހަސަދަވެރިވެ ނުވަތަ ބަދަލުހިފުމުގެ ރޫޙެއް ގެންގުޅުއްވާނެ ބޭފުޅެއްނޫންކަމަށް އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޖުމްހޫރީ ދުވަހުގެ މުނާޞަބަތުގައި ޓީވީއެމްއިން ކުރިއަށްގެންދިޔަ "ދިވެހިންގެ ރާއްޖެ" ޕްރޮގްރާމްގައި ޑރ. މުޢިއްޒުއަށް ފޯރުކޮށްދެއްވި މެސެޖެއްގައި ސާޖިދާ ވިދާޅުވީ އެމަނިކުފާނަކީ ވިދާޅުވާ ކޮންމެ ކަމެއް ކުރައްވަން މަސައްކަތްކުރައްވާނެ ބޭފުޅެއްކަމަށާއި އެމަނިކުފާނާމެދު އެވަރުގެ ޔަޤީންކަމަކާއި ކަށަވަރުކަމެއް އޮންނަކަމަށެވެ.

އަދި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަވާއިރު، ރައްޔިތުންނަށްޓަކައި އެމަނިކުފާނު ވެދެއްވި ހުރިހާ ވަޢުދެއްވެސް ދަޢުލަތުގެ މާލީ ހާލަތު ހުރި މިންވަރަކުން ފުއްދަވާނެކަމަށާއި އެމަނިކުފާނަކީ ކުރައްވާ މަސައްކަތްތަކަށް އިޚްލާސްތެރި "ކޮމިޓެޑް" ބޭފުޅެއްކަމަށެވެ.

ސާޖިދާ ވިދާޅުވީ، އެކަމަނާގެ މުޅި ޙަޔާތުގައިވެސް ޑރ. މުޢިއްޒުހާ ކެތްތެރި ބޭފުޅެއް ދެކެވަޑައިނުގަންނަވާކަމަށާއި އެމަނިކުފާނަށް މިއަދު މަސައްކަތުގެ ދާއިރާއިންވެސް މިހިސާބަށް ވަޑައިގެންނެވުނީ އެ ސިފަފުޅުގެ ސަބަބުންކަމަށެވެ.

އަދި ޑރ. މުޢިއްޒުއަކީ ކަންކަން ކުރައްވަވާއިރު ވަރަށް މަޑުމައިތިރިކަމާއެކު، ވިސްނުންތެރިކަމާއެކު ހުރިހާ ބޭފުޅުންގެވެސް މަޝްވަރާއާއި އިރުޝާދާއެކު އެކަމެއް އެންމެ ރަނގަޅަށް ކުރެއްވުމަށް މަސައްކަތްކުރައްވާ ބޭފުޅެއްކަމަށާއި އެއީ މައިންބަފައިންނަށްވެސް އިޚްތިރާމްކުރެއްވުމުގައި ލާމަސީލު މިސާލެއްކަމަށެވެ.

ޑރ. މުޢިއްޒުއަކީ ތުއްޕުޅުއިރުން ފެށިގެންވެސް މައިންބަފައިންގެ ބަސް އަޑުއައްސަވާ އަދި އެއްވެސް އިރަކު އެއްވެސް މީހެއްގެ ޙައްޤަކަށް އަރުއްވާނެ ބޭފުޅެއް ނޫންކަމަށް ފާހަގަކުރައްވަމުން ސާޖިދާ ވިދާޅުވީ ޑރ. މުޢިއްޒުއަށް އެހެން މީހަކު އިހާނެތި ކަމެއް ކުރިނަމަވެސް، އެ މީހަކާމެދުވެސް ބަދަލު ހިފުމުގެ ރޫޙެއް އެމަނިކުފާނު ނުގެންގުޅުއްވާނެކަމަށެވެ.

"އެއްވެސް މީހަކާމެދު ހަސަދަވެރިކަމެއް ނޫނީ ނަފްރަތެއް ނޫނީ ބަދަލުހިފުމުގެ ރޫހެއް ނުވަތަ އެފަދަ އެއްވެސް ކަމެއް ނުގެންގުޅުއްވާނެ" ސާޖިދާ ވިދާޅުވިއެވެ.

ހަމައެއާއެކު، އެމަނިކުފާނަކީ މަސައްކަތްތެރިންދެކެ ލޯބިފުޅުވާ ބޭފުޅެއްކަމަށްވެސް ސާޖިދާ ވިދާޅުވިއެވެ.

  1. ކީޕްދެމްސޭފް

    ހެޔޮނުވާނެއޭ ފަލަަސްތީނު ރައްޔިތުންނާއި އެކު ދިވެހިން ހެޔޮހިތުން ތިބޭއިރު ދުނިޔެ އަށް އާވެރިކަމުން ނަމޫނާ ދައްކަންޖެހޭ އިންޑިއާ ސިފައިން ބޭރުކުރަނީ އެއީ ފަލަސްތީނު އަޅުވެތި ކުރަން އިނގިރޭސިން ރޭވި ނުބައި ރޭވުމާއި އެއްފަދަކަމެކޭ އެމެރިކާ އަޑީގައި އޮވެގެންކުރީ އިންޑިއާގެ މޮދީ މުއިއްޒު ހުވާ ކުރާ ރަސްމިއްޔާތަށް ގެނައުން އަންގާ ދެނި އާސަރުކާރު އޮތީ ހެޔޮހިތުން ފަލަސްތީނު ރައްޔިތުންނާއި އެކު ނޫން ކަން ކީޕް ދެމް ސޭފް ކީޕް ދެމް ސޭފް ސޭފް އެން ސައުންޑް

  2. މުއިއްޒު މޮދީ އަށް އޭނާ ހުވާ ކުރާ ރަސްމިއްޔާތަށް ދައުވަތު ދެނީ އެއީ އޭނާ ހިތުން އިންޑިއާ އަށް ދައްކަން ޖެހޭ ލޯން ދައްކަން ޖެހޭ މުއްދަތު ފަސްކުރުމަށޭ އެކަން ކުރަން އޭނާ އެދޭއިރު އިންޑިއާ ސިފައިން ބާލަން އޭނާ އެދެން ޖެހޭ މޮދީ ގާތު ދެން ކިހިނެއް އިންޑިއާ ސިފައިން ބާލާނީ ނުވާނެ އެކަމެއް އަނެއްކޮޅުން ލޯން ދެއްކުމުގެ މުއްދަތު ފަސްކުރަނީ އެއީ ކަނޑުކޮހުން ކުރާނެ ކަމެކޭ ދައުލަތަށް ފައިސާ ވަންނާނެ ގޮތެކޭ ހޯދަން ޖެހޭނީ ޓެކްސް ބޮޑު ނުކޮށް އެކަން ކުރެވޭނެއޭ މާލެ ސަރަހައްދުގައި ހުރި ފަޅުތައް ހިއްކާ ބިން ތައް ވިއްކައިގެން ފަޅުތައް ނުހިއްކާ ފަޅު ތައް ވިއްކުމުން ފަޅުތަކުގެ އަގު ކުޑަވަނީ ފަޅު ތައް ވިއްކާ ފަޅު ތަކުން 1 ހެކްޓަރު އަދި 2 ހެކްޓަރު ބިން ވެސް ވިއްކޭނެއޭ ބޮޑު އަގުގައި އެގޮތުން މަހަކު 1 ބިލިއަން ޑޮލަރުގެ އާމްދަނީ އެއް ވެސް ލިބިދާނެ ކަމަށް އިގްތިސާދީ އިލްމްގެ ހިސާބު ތަކުން ދައްްކައޭ މުއިއްޒު އަކަށް ދުރު ނުވިސްނެއޭ އޭނާ ވިސްނަނީ އުނގުންނޭ މީހުން ދައްކާ ވާހަކަ އިން ވައްކަން ކުރަނީ އޭނާ އަކީ އަޑުއެހުމުން ވައްކަން ކުރާ މީހެކޭ މަމެން ހުވައޭ އޭނާގެ ވެރިކަން ދާނީ ޗޮކުންނޭ އަހަރު މެދަށް ދާއިރު ހަނޑޫ ކިލޯ އެއް ލިބޭނީ 50 ރުފިޔާ އަށް ބަލަން ތިބެއްޗޭ ދޮން މީހުން އަދި ވޯލްޑް ބޭންކް އަދި އައި އެމްއެފް އިން އަންނަ ކަނޑުކޮހުން ބުނާ ގޮތަށް ހެދި ގައުމެއް އަދި ބަނގުރޫޓް ވުން އިއުލާން ކުރުން ނޫން ކަމެއް ނުކުރެއޭ އޭނާ އަކީ ދުނިޔޭގެ ވާނުވާ ނޭގޭ މީހެކޭ…

  3. އެހެންތޭ

    ފުރަތަމަ ޑިގްރީ އެއް މައްސަލަ އެއް ނެތް ދޯ ދަ ކިއްލިތަޅާ އިން ނަގައިގެން ހުއްޓަސް އެއީ ދެން އެފަދަ މީހަކަށް ރާއްޖޭގެ ބޮޑު ވުޒާރާ އެއް ގެ ވަޒީރު ކަން ދޭން ޖެހޭނެ ކަމެއް ކަމަށޭ މުއިއްޒު ދެކެނީ އެކަން އެގޮތަށް ނުވާނެއޭ ޚާރިޖީ ވަޒީރަކަށް މުއިއްޒު ލާން ތިޔާ އުޅޭ މޫސާ ޒަމީރު އެއީ އޭނާ އެއީ ދުނިޔޭގައި އޮންނަނީ ކިތައް ކޮންޓިނެންޓް ކަން ވެސް ނުދަންނަ މީހެކޭ ރިޗަރޑް ހޮލްބްރޫކް ފަދަ މޮޅެތި މީހުން މިމާލޭގައި އެބަތިއްބޭ ޚާރިޖީ ދާއިރާ އިން ކިޔަވާ ތަޖްރިބާހުރި މީހުން އެބަތިއްބޭ ދެން މޫސާ ޒަމީރު ޚާރިޖީ ވަޒީރަކަށް ލަނީ އެއީ އިންޑިއާ އަތުން ކަޓް ކާލައިގެން އިންޑިއާ ސިފައިން އެހެން ނަމެއްގައި ބައިތިއްބާށޭ މުއިއްޒު ދަނީ ވަރަށް ބޮޑަށް ރައްޔިތުންނަށް އޮޅުވާލާ މަކަރާއި ހީލަތް ހަދަމުންނޭ…

  4. އެހެންތޭ

    މުއިއްޒު ހޮވާފައިވަނީ ރާއްޖޭގެ ރައީސް ކަމަށް ދެން އޭނާ ގެ އަންހެނުން މީގެ ތެރެއަށް ބޭނިގަނެގެން މުއިއްޒު އަކީ މީތި އޭތި ކިޔާ މިކަން ކުރަން ނުޖެހޭނެއޭ މިއުޅެނީ އާއިލާ އެއްގެ ތެރޭގައި ޖެހޭ މައްސަލަ ހައްލު ކުރާން ނޫނޭ މުއިއްޒު އަންހެނުން މި ސިޔާސީ ކަންކަމުގެ ތެރެެއަށް ބޭނިނުގަނެ ތަމެން އިހު އުޅުނު ގޮތަށް ބެބޫ ހެދިގެން އުޅޭށޭ ތަމެން މީގެ ތެރެއަށް މާބޮޑަށް ބޭނިގަންނަން ނަހަދާށޭ އެނޫން ނަމަ ފަޒޫ އަށް ވީވަރަށް ވުރެން ބޮޑުވަރު ވެދާނެއޭ އެއިރުން މާ ތާހިރެއް ނުވާނެއޭ…

  5. ނުވާނެއޭ

    މުއިއްޒުގެ ތަޖްރިބާ މަދުކަމުންނޭ އިންޑިއާ މައްސަލަ ސުލްހަވެރިކޮށް ހައްލުވާނޭ ކަމަށް އެބުނަނީ މަމެން ދަންނަމޭ އިންޑިއަން އެޓިޓިއުޑް އެން ބިހޭވިއަރ ވަރަށް ރަނގަޅަށް އެމެން ދައްކާ ވާހަކަ ދިމާނުވާނެއޭ އިންޑިއާ ސިފައިން ބޭލޭނީ އިންޑިއާ ގާތުން އެހެން އެއްވެސް ކަމެއް ކޮށްދޭން ނޭދި ފުރަތަމަ ކަމަކަށް ވެސް އިންޑިއާ ސިފައިން މިގައުމުން ބާލަން ޖެހޭނެ ކަމަށް އިންޑިއާ ގާތު ބުނެގެންނޭ އެކަން އެމެން ނުކޮށްފިނަމަ ދެން ދާން ޖެހޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށޭ އެނޫން ގޮތަށް މިކަން މުއިއްޒު އަށް ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ