ޔުނިސެފުން ހިމަބިއްސާއި ރުބެއްލާ ވެކްސިން ރާއްޖެއަށް ހަދިޔާ ކޮށްފި

ޔުނިސެފުން ހިމަބިއްސާއި އަދި ރުބެއްލާއިން ރައްކާތެރިކޮށްދޭ ވެކްސިން ރާއްޖެއަށް ހަދިޔާ ކޮށްފިއެވެ.
ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ވެކްސިން ހަވާލުކޮށްދެއްވީ ރާއްޖޭގެ ޔުނިސެފް ރިޕްރެސެންޓޭޓިވް ޑރ. އެޑްވާޑް އެޑައިއެވެ. އަދި، ހެލްތު މިނިސްޓްރީގެ ފަރާތުން އެ ވެކްސިނާ ހަވާލުވެލެއްވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ.
ރާއްޖެ އަށް ހަދިޔާކުރީ ހިމަބިއްސާއި ރުބެއްލާއިން ރައްކާތެރިކޮށްދޭ ވެކްސިންގެ 136,000 ޑޯޒެވެ.
އަނެއްކާ ދަރިމައިވުމަށް ހުރަސްއެޅޭ މާއްދާއެއް އަޅާފަހުރިތޯ ބަލާފަނޫނީ ތިއެއްޗެހި ނުޖަހައްޗޭ. ތި އެއްޗެހިތައް ޖަހަންފެށިފަހުން، ދިވެހި އަންހެނުން ދަރިމައިވުން ހުއްޓުމަކާ ގާތްވެފައޮތީ. ޔުނިސެފަކީވެސް، ޣައިރު މުސްލިމުންގެ ޚާއްޞަކޮށް އެމެރިކާއާ ޓެރަރިސްޓް ޔަހޫދީންގެ %100 ނުފޫޒު ދަށުގަ ހުރި ތަންތަން . އެމީހުން ކުރަމުން އެދަނީ ދުނިޔެއިން މުސްލިމުން ހުސްކުރުމުގެ މަސައްކަތް.