މުޢިއްޒުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭން މިރޭ އިފްތިތާހްކުރަނީ

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭން މިރޭ އިފުތިތާހުކުރަން ނިންމައިފިއެވެ.
މި ފޮތަކީ އިންތިހާބީ ރައީސަށް ރިޔާސީ ޓިކެޓު ލިބުނު ހިސާބުން ފެށިގެން، އިންތިހާބު ތެރޭގައި ރަށްރަށަށް ކެމްޕެއިނަށް ގޮސް ދެއްކި ވާހަކަތަކާއި ވަޢުދުތައް ހިމެނޭ ހާއްސަ ފޮތެކެވެ.
ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި އެގޮތަށް ހުރިހާ ވައުދެއް ހިމެނޭ ފޮތެއް ނެރުއްވަނީ އެއްވެސް ކަމެއް ރައްޔިތުންނަށް ފޮރުވަން ބޭނުން ނުވާތީއެވެ. އަދި އެ ވައުދުތަކަކީ އިހްލާސްތެރިކަމާއެކު ހިތުގެ އަޑިން، ކޮށްދިނުމުގެ ނިޔަތުގައި ވެފައިވާ ވައުދުތަކެއް ކަން ސާބިތުކޮށްދިނުމަށެވެ.
މި ފޮތް ލޯންޗުކުރުމުގެ ހަފުލާ އޮންނާނީ މިރޭ ދަރުބާރުގޭގައި 8:15 ގައެވެ.