Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ހދ. އަތޮޅު މަދަރުސާގެ މަލްޓިޕަރޕަސް ހޯލް ޢިމާރާތުގެ މަސައްކަތް ބަދަހި އިންވެސްޓްމަންޓަށް

ހދ. އަތޮޅު މަދަރުސާގެ މަލްޓިޕަރޕަސް ހޯލް ޢިމާރާތުގެ މަސައްކަތް ބަދަހި އިންވެސްޓްމަންޓަށް

ހދ. އަތޮޅު މަދަރުސާގެ މަލްޓިޕަރޕަސް ހޯލް ޢިމާރާތުގެ މަސައްކަތް ބަދަހި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށް އެއްބަސްވުމުގައި މިއަދު ސޮއި ކޮށްފިއެވެ.

މިކަން ހާމަކޮށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވީ މި މަޝްރޫޢު ބަދަހި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރީ 400 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ކަމަށެވެ.

މި މަޝްރޫޢު އެ ކުންފުންޏާއި ހަވާލުކުރީ 12,429,262.93ރ އަށް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ހާމަކުރެއެވެ.

Advertisement
Allied Insurance — Square (box)

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މި ކޮންޓްރެކްޓްގައި ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމް އެވެ.

ބަދަހި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ މެނޭޖަރ ޝިއުސް ފަރީދު އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް