ޚަބަރު

އޭސީސީން ވަކި ގޮތެއް އަންގަންދެން ފްލެޓުތައް ހަވާލުކުރުން ހުއްޓާލައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެފްޑީސީން އިމާރާތް ކުރާ ފްލެޓެއް -- ފޮޓޯ | ދައުރު

އީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރާ 4،000 ފްލެޓު ދިނުމުގެ ހުރިހާ ކަމެއް ހުއްޓާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގާފައި ވާތީ ފްލެޓުތައް ހަވާލު ކުރުމުގެ ކަންކަން ހައުސިން މިނިސްޓްރީން ހުއްޓާލައިފިއެވެ.

Ads by Sosun Fihaara

އެ މިނިސްޓްރީން މިއަދު ވިދާޅުވީ ފްލެޓް ދޫކުރުމަށްޓަކައި ސަރުކާރުން ހިންގާ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ދާއިމީ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތްތައް މިވަގުތު ކުރިޔަށް ނުގެންދިޔުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން އެ މިނިސްޓްރީއަށް އަންގާފައިވާތީ އެ ސްކީމްގެ ދަށުން ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތާއު ގުޅިގެން އެ ކޮމިޝަނުން ވަކި ގޮތެއް އަންގަންދެން ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް އެ މިނިސްޓްރީން ހުއްޓާލާފައިވާ ކަމަށެވެ.

ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ 4،000 މީހުންގެ ދާއިމީ ލިސްޓް މިރޭ ނެރުމާ އެކު, ފްލެޓްތައް ދިނުމުގެ އެންމެހާ ކަންކަން ހުއްޓާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ހައުސިން މިނިސްޓްރީއަށް އަންގައިފައިވަނީ ރޭގެ ވަގުތެއްގައެވެ.

އެގޮތަށް އަންގާފައިވަނީ އެ ފްލެޓްތައް ލިބޭ މީހުން ކަނޑައެޅުމުގެ ކަންކަމާ ގުޅޭ މައްސަލަތަކެއް ތަހުގީގަށް ފާހަގަވެފައިވާ ކަމަށް ބުނެއެވެ.

Ads by HDC
  1. ޙަލީމް

    އަކުރަމް ކަމާލުއްދީން އެއީ މީގެެއިން ނާޖާއިޒު ފައިދާ ނެގި ބޭފުޅެއް.
    ވަރަށްކޮރަޕްޓް ބޭފުޅެއް