ޚަބަރު

ސްކޫލް ލައިބްރަރީތަކުގައި ހުރި ދީނާ ފުށުއަރާ ފޮތްތައް ނަގަން އަންގައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ސްކޫލްތަކުގެ ލައިބްރަރީތަކުގައި ހުރި އިސްލާމްދީނާ ފުށުއަރާ ފަދަ ފޮތްތައް ނަގަން އެޑިއުކޭޝަން މިނިސްޓްރީން އަންގައިފިއެވެ.

Ads by Hajj Corporation

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު ސޮއިކުރައްވައި ހުރިހާ ސްކޫލްތަކަށް ފޮނުއްވި ސާކިއުލާއެއްގައި ބުނެފައިވަނީ ސްކޫލުތަކުގެ ލައިބްރަރީތަކުގައި ބޭނުންކުރާ ފޮތް އަދި އެހެނިހެން ވަސީލަތްތަކުގެ ތެރޭގައި އިސްލާމްދީނާއި، ދިވެހިންގެ ފަތާއި، އާދަކާދަތަކާ ފުށުއަރާފަދަ ބައެއް ތަކެތި ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތުން ސްކޫލުތަކުގެ ލައިބްރަރީތަކުގައި މިހާރު ބޭނުން ކުރަމުން އަންނަ ފޮތް އަދި އެހެނިހެން ވަސީލަތްތަކަކީ އިސްލާމްދީނާއި، ދިވެހިންގެ ސަގާފަތާއި، އާދަކާދަތަކާ ފުށުނާރާ ތަކެތިކަން ކަށަވަރު ކުރުމަށް ވެސް ވަނީ އަންގާފަ އެވެ. އަދި އަމިއްލަ ފަރާތްތަކާއި އެހެނިހެން ފަރާތްތަކުން ސްކޫލުތަކަށް ހަދިޔާކުރާ ފޮތް ފަދަ ތަކެތި ލައިބްރަރީގައި ބޭނުން ކުރުމުގެ ކުރިން އެފަދަ ތަކެއްޗަކީ ދަރިވަރުން ބޭނުން ކުރުމަށް އެކަށީގެންވާ ތަކެތިކަން ކަށަވަރު ކުރުމަށްވެސް ވަނީ އަންގާފައެވެ.

މީގެއިތުރުން ސްކޫލްގެ ލައިބްރަރީގައި، އިސްލާމްދީނާއި، ދިވެހިންގެ ސަޤާފަތާއި، އާދަކާދަތަކާ ފުށުއަރާ ފަދަ އެއްވެސް ފޮތެއް ނުވަތަ އެފަދަ އެއްވެސް އެއްޗެއް ހުރިނަމަ، މިނިސްޓްރީއާ ގުޅިގެން އެފަދަ ތަކެތި ނައްތާލުމުގެ އިންތިޒާމު ކުރިއަށް ގެންދިޔުމަށް ވެސް ވަނީ އެދިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!