އެހެން އެއްވެސް ބަޔަކާއި އެއްޗަކަށްވުރެ މުހިންމީ ރައްޔިތުންނާއި ޤައުމު: މިނިސްޓަރު ޒަމީރު

އެހެން އެއްވެސް ބަޔަކާއި އެއްޗަކަށްވުރެ މުހިންމީ ރައްޔިތުންނާއި ޤައުމުކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ޒަމީރު މިހެން ވިދާޅުވެ އެމަނިކުފާނުގެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއެކު ކުރިއަށް އޮތް 5 އަހަރު ރައްޔިތުންނަށް ޚިދުމަތްކޮށްދެއްވަން ފަށާފައިވާކަމަށާއި އެ މަސައްކަތުގައި ސާބިތުވެ ތިއްބަވާނެކަމަށެވެ.
"ދިވެހި ރައްޔިތުން ނިންމާފައިވާ ނިންމުމާ އެއްގޮތަށް، ޕީޕީއެމް-ޕީއެންސީގެ ސަރުކާރެއް އެކުލަވާލައި ރައްޔިތުންނަށް ޚިދުމަތްކުރަން ފެށިފައިވާއިރު، އަޅުގަނޑުމެން މިތިބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުއާއެކު" މިނިސްޓަރު ވިދާޅުވިއެވެ.
ހަމައެއާއެކު، ރައީސް ޑރ. މުޢިއްޒު ރައްޔިތުންނަށް ހުށަހަޅުއްވާފައިވާ ސިޔާސަތުތައް ތަންފީޛުކުރުމުގައި ސާބިތުކަމާއެކު ދެމިތިއްބަވާނެކަމަށްވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
ރައްޔިތުން ނައް ވުރެ ރަގަޅީ ގައުމުގެ ލާރިކޮޅު ކެވޭތޯ ބެލުން މޮޅުވާހަކަނުދައްކާ